އީރާނުގެ ނުރައްކާތެރި ބާރުގަދަ ހަމަލާތަކެއް ޖޯރޑްންއަށް

Loading

Facebook
Twitter
WhatsApp

އީރާނުން ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް ފޮނުވާލި މިސައިލްތަކުގެ ފޮޓޯ ތަކުގެ ތެރެއިންއީރާނުގެ ބާރުގަދަ ހަމަލާތަކެއް ޖޯރޑްއަށް އަމާޒުވެ ޖޯރޑްންގައި ހުންނަ އެމެރިކާގެ މިލިޓްރީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި އެމެރިކާ ސިފައިންގެ ދެމީހުން މަރުވެ އެކަކު އަދިވެސް ނުފެނެއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯ ވިދާޅުވެފައިވަނީ އީރާނުގެ މިސައިލްތައް އެމެރިކާގެ ދިފާއީ ނިޒާމުން ޖައްވުގެ ތެރެއަށް ނައްތާލެވުނުކަމަށާއި އެހެންނަމަވެސް އެއް މިސައިލް އޭގެ އަމާޒަށް ވާސިލުވީ ކަމަށާއި އެއީ ވަރަށް ދެރަކޮށް މެދުވެރިވި ކަމެއްކަމަށެވެ. އެހެންނަމަވެސް ސީ ބީ އެސް ނިއުސް އިން ބުނެފައިވަނީ އީރާނުގެ މިސައިލްތައް އެމެރިކާގެ ދިފާއީ ނިޒާމަށް އިންޓަރސެޕްޓް ނުކުރެވުނީ ނުވަތަ ނުވެސް ފެނުނީ ކަމަށެވެ. ފާއިތުވެގެންމިދާ ހަފުތާގެތެރޭގައި އެތައްފަހަރަކު އީރާނުން ޖޯރޑްންއަށް ކާމިޔާބު ހަމަލާތަކެއް ދިނުމުން އެއީ އެމެރިކާއަށް ބޮޑުމައްސަލައެއް ކަމަށްވެސް ސީ ބީ އެސް ނިއުސްގެ ޚަބަރުގައި ބުނެފައިވެއެވެ.

ފާއިތުވެގެން މިދާ 48 ގަޑިއިރިތެރޭގައި ޖޯރޑްންގެ މުވައްފަގް ސަލްތީ އެއާރބޭސްއަށް އީރާނުން ދެ ފަހަރު ހަމަލާ ދީފައިވާކަމަށާއި އަދި މިދިޔަ ހުކުރު ދުވަހު ދިން ހަމލާގައި އެމެރިކާ ސިފައިންގެ ގިނަބަޔަކު ޒަޚަމް ވެފައިވާކަމަށްވެސް ސީ ބީ އެސް ނިއުސްގެ ޚަބަރުގައި އިތުރަށް ފާހަގަކޮށްފައިވެއެވެ. އޭގެތެރެއިން ގިނަ މީހުންގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އެމީހުން ސަލާމަތްކުރެވިދާނެކަމާ ދޭތެރޭ ސުވާލު އުފެދިފައިވާ ކަމަށްވެސް ބައެއް އެހެން މީޑިއާތަކުން ބުނެފައިވެއެވެ. އީރާނުގެ ހަމަލާތަކުގައި ގަލްފުގެ ގައުމުތަކުގައިތިބި އެމެރިކާ ސަތޭކައަށް ވުރެން ގިނަ ސިފައިން މިމަހުގެތެރޭގައިވެސް ޒަޚަމްވެފައިވާކަން ސީ ބީ އެސް ނިއުސް އިން ހާމަކުރުމުން ޕެންޓަގަނުންވެސް ވަނީ އެކަން ގަބޫލުކޮށްފައެވެ. އީރާނުގެ މިސައިލް ޓެކްނޯލޮޖީ، ރާޑަރ ޑިފެންސް ނިޒާމްތަކަށް ނުފެންނާނެގޮތަށް ވަރަށްބޮޑަށް ތަރައްގީކޮށްފައިވާ ކަމަށް ޖޯރޑްނެގެ ކުރީގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް ލެފްޓިނެންޓް ޖެނެރަލް ގާސިދް މަހްމޫދު ސީ ބީ އެސް ނިއުސް އަށް މައުލޫމާތު ދީފައިވެއެވެ. ދިފާއީ ރާޑަރތަކަށް އޮޅުވާލުމުގެ ބޭނުމުގައި އީރާނުން އެންމެ ފުރަތަމް އުދުއްސާލާނީ ވަރަށް އާދައިގެ މިސައިލްތަކެވެ. ހަމަލާތަކުގެ އަމާޒަށް ފޮނުވަން ބޭނުންވާ އެޑްވާންސް މިސްއިލް އުދުއްސާލާނީ އޭގެފަހުންނެވެ. ލެފްޓިނެންޓް ޖެނެރަލް ގާސިދް މަހްމޫދަކީ އީރާނުން ތަރައްގީ ކުރަމުންގެންދާ މިސައިލް ޓެކްނޯލޮޖީ ވަރަށް ގާތުން ބައްލަވަމުންގެންދަވާ ބޭފުޅެކެވެ. އީރާނުގެ ހަމަލާތަކާބެހޭގޮތުން އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ތަރުޖަމާނު ކެޕްޓަން ޓިމް ހައުކިންސް އަށް ސުވާލުކުރުމުން އެ ހާދިސާ ތަހްގީގުކުރެވެމުންދާތީ އިތުރު ވާހަކަދެއްކުން ބުއްދިވެރި ނޫންކަމަށް ސީ ބީ އެސް ނިއުސްއަށް ބުނެފައިވެއެވެ. އީރާނުގެ ބައެއް މިސައިލްތައް ޖައްވުތެރޭގައި ނެތިކޮށްލެވުނު ކަމުގައިވިޔަސް ބައެއް މިސްއިލްތައް ގަލްފުގެ ގައުމުތަކުގައި އޭގެ އަމާޒަށް ވާސިލުވެފައިވާކަމަށް ކެޕްޓަން ހައުކިންސް ވަނީ އެއްބަސްވެފައެވެ. ޖޯރޑްންގެ އެއާރޑިފެންސުން އީރާނުގެ ބައެއް މިސައިލްއާއި ޑްރޯން މިދިޔަ އަންގާރަ ދުވަހު މަތަކޮށްފައިވިޔަސް އީރާނުގެ ގިނަ މިސައިލްތައް ޖޯރޑްން އާއި އެމެރިކާގެ ދިފާއީ ނިޒާމްތައް ފޫއަޅުވާލުމަށްފަހު އަމާޒަށް ވާސިލް ވުން އިންކާރު ނުކުރެވޭނެއެވެ. އީރާނުން ޖޯރޑްން އަށް ދިން ހަމަލާތައް ކާމިޔާބު ވުމުގެ އިލްޒާމް ރައީސް ޓްރަމްޕް އަޅުވަނީ “ އެހެން އޮޕަރޭޓަރުން “ ގެ ފަރުވާކުޑަކަމުން މެދުވެރިވި ހާދިސާއެއް ކަމަށެވެ. ދުނިޔޭގައި އެންމެ މޮޅު ހަތިޔާރާއި މިލިޓްރީ ގާބިލުކަން ލިބިފައިވަނީ އެމެރިކާއަށެވެ. އެހެންނަމަވެސް އެތަކެތި އޮޕަރޭޓްކުރަން ހަވާލުކުރެވޭ ބައެއް ފަރާތްތައް އެކަމަށް އެކަށީގެން ނުވަނީއެވެ. އެމެރިކާ ނޭވީންގެ 5 ވަނަ ފްލީޓްގެ މައިމަރުކަޒަކީ ބަހްރައިނެވެ. އަދި ކުވޭތުގައި ހުންނަ އެމެރިކާގެ މިލިޓްރީ ބޭސްތަކުގައި އެމެރިކާގެ 13000 ސިފައިން ހަރަކާތްތެރިވަމުންގެންދެއެވެ. އެހެންނަމަވެސް ޖޯރޑްންގައި އެމެރިކާގެ މިލިޓްރީ ބޭސް އެއް ނުހުންނަ ކަމަށާއި ބައެއްފަހަރު ކުވޭތު ނުވަތަ ބަހްރައިންގައި ކޮންމެހެން ބޭނުންވާ ދިފާއީ އައްޑަނަތައް ނެތުމުން އެއްބަސްވުމެއްގެ ދަށުން އެމެރިކާ ސިފައިން ޖޯރޑްންގައި ހަރަކާތްތެރި ވަނީ ކަމަށް ޢެގައުމުގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ ވިދާޅުވެފައިވެއެވެ. އީރާނުން ކުއްލިއަކަށް ޖޯރޑްންއަށް ހަމަލާދޭން ފެށުމުގެ ސަބަބަކީ ކޮބައިތޯ އުފެދިފައިވާ ސުވާލުތަކާ ދޭތެރޭ ބައެއް އެނަލިސްޓުން ބުނެފައިވަނީ އީރާނުގެ ހަމަލާތަކުގައި ކުވޭތާއި ބަހްރައިން ގައި ހުންނަ އެމެރިކާގެ މިލިޓްރީ ވަސީތްތަކަށް ލިބެމުންދާ ގެއްލުންތައް ބޮޑުކަމުން ކުވޭތާއި ބަޙްރައިންގައި ހުރި އެމެރިކާގެ މުހިން ގިނަ ވަސީލަތްތަކެއް ޖޯރޑްންއަށް ބަދަލުކުރިކަން އީރާނަށް އެނގިފައިވުންކަމަށް ލަފާކޮށްފައިވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް