އެއްފަސްކުރުމާއި ލާމަރުކަޒު ކުރުމަކީ އެއް ކަމެއް ހެއްޔެވެ !

Loading

Facebook
Twitter
WhatsApp

ެއްފަސްކުރުމުގެ މަޝްރޫއުގެތެރެއިން ފުށިދިއްގަރުފަޅުން ބިންހިއްކުމާއި ރަސްމާލެ އުފަންކުރުވުން:

މިނިވަންކަމުން އަޅުވެތިކަމަށް ދާނަންހޭ، ނުދާނަމޭ “ މިއީ ދިވެހި ގައުމީ ލަވައެއްގެ ވަރަށް މާނަފުން ބަސްކޮޅެކެވެ.  މި ލިއުން ފަށައިގަތުމުގައި އެ ބަސްކޮޅު ބޭނުންކުރުމަށް ޝާއިރުގެ އިޒުނައަށް އެދެމެވެ.                                                                

ކޮންމެ ގައުމެއްގައިވެސް ގާނޫނު އަސާސީއަކީ އެ ގައުމެއްގެ ހުރިހާ ރައްޔިތުންގެ މައްޗަށް ހަމަހަމަކޮށް ހިނގާ ދުސްތޫރީ އޮނިގަނޑެކެވެ. އަޅުގަނޑުމެން މިހާރު އަމަލުކުރަމުން ގެންދާ ގާނޫނު އަސާސީއަކީ އޭގެ ކުރީގެ ގާނޫނު އަސާސީތަކަށްވުރެން މާފުރިހަމަކޮށް ފަރުމާ ކުރެވިފައިވާ އެއްޗެއްކަމަށް އެ ކަމުގައި އުޅުއްވި ބޭފުޅުން މާނަކޮށް ސަރަހަ ކޮށްދީފައިވެއެވެ.

އެހެންނަމަވެސް ހިތާމައާއެކު ފާހަގަކުރަން ޖެހޭ ކަމަކީ ގާނޫނު އަސާސީގައި އޮތް އެއްޗެއް ވަރަށްގިނަ ރައްޔިތުންނަށް ނޭންގޭކަމެވެ. ރައްޔަތުންގެ އެއްވެސް އިއްޒަތްތެރި މެމްބަރަކު ގާނޫނު އަސާސީ ފާސްކުރެވެމުން ދިޔައިރު އޭގައި ލިއެފައިވާ އެއްޗެއް ރައްޔިތުންނަށް އޮޅުންފިލުވާ ދެއްވާފައިވާކަންވެސް އެނގޭކަށްނެތެވެ.                                                           

ގާނޫނު އަސާސީ ފާސްވެއްޖެއެވެ. ކުރީގެ އިސްތިޢުމާރީން ގައުމުތައް އަޅުވެތިކޮށްގެން ގެންގުޅުނުޒަމާން ބަދަލުވެ ގައުމުގެ ވެރިންގެ  އަޅުންކަމުގައި ރައްޔިތުން ވެގެން ދިއުމަށް މަގުފަހިކުރާ ޑިމޮކްރެސީ ދުނިޔެއަށް ތަޢާރުފް ވެއްޖެއެވެ.                                                               

ރާއްޖެއަށް ތަރާއުފް ކުރެވުނު ޑިމޮކްރެސީގައި އެންމެ އަޑުހަރުކޮށް ދެކެވޭ އެއް ވާހަކައަކީ އެއްފަސްކުރުމާއި ލާމަރުކަޒް ކުރުމެވެ. މި ބުނާއެއްޗެއް ބޮލަށް ވެއްދޭގޮތެއް ނުވިއެވެ. ލާމަރުކަޒް ކުރުން ސަރުކާރުންވެސް މާނަކޮށްދީފައިވަނީ އެ ބަޔަކު ދިރިއުޅޭތަނަކުން ދިރިއުޅުމުގެ އެންމެހާ ވަސީލަތްތަކަށް މަގުފަހިކޮށް ދިނުމެވެ. އެއްފަސްކުރުމަކީ އެންމެހާ ރައްޔިތުން ގެނެސް އެއްތަނަކަށް އަޅާލުން ކަމަށެވެ. ވެރިކަމުގެ ފަރާތުން ވިދާޅުވީމާ މިއީވެސް އެކައްޗެއް ކަމަށް މިތިބީ ގަބޫލު ކޮށްގެންނެވެ.                                           

އިންސާނާ ދުނިޔެއަށް އުފަންވަނީ މިނިވަނެއްގެ ގޮތުގައެވެ. އެކަމާދޭތެރޭގައި ދެބަސްވެވޭކަށް ނެތެވެ. އެ އިންސާނާއަށް މިނިވަން ކަމަށް ވުރެން ބޭނުން އެހެން އެއްވެސް ކަމެއް ނޯވެއެވެ. އޭނާގެ މިނިވަންކަން ނެތި ދިއުމުގައި ޒަމާނުގެ ވަކިތަކާއި އަދި އޭނާގެ އަމިއްލަ އިޚްތިޔާރުވެސް ހިމެނޭކަމަށް ބުނެވިދާނެއެވެ. މިއިން ދިވެހިންނަކަށްވެސް އިސްތިސްނާ ނުކުރެއެވެ.         

މި ރޮނގުން ވިސްނަންފަށާއިރު މި ޙަގީގަތް ދެނެގަތުމަށްޓަކައި ވަރަށް ދުރު މާޒީއަކަށް ދާކަށް ނުޖެހެއެވެ. މިހާރު މި ހިނގާ 100 ވަރަކަށް އަހަރުގެ ތާރީޚުގެ ފަތްފުށްތައް މިއަދުވެސް ބަލާލެވިދާނެ އެވެ. މުޅި މަންޒަރު އޮޅުން ނުފިލި ކަމުގައިވިޔަސް އެ ލިއުންތަކާއި ތިމަތިމާމެންގެ ވިސްނުން ބޭނުން ކޮށްގެން ޙަގީގަތާއި ވަރަށް ގާތަށް ދެވިދާނެއެވެ.                                                    

އިސްތިޢުމާރީން ދުނިޔޭގައި ވެރިކަން ކުރި ދުވަސްތަކުގެ ވާހަކައަކީ އަވަށްޓެރި ގައުމުތަކުގެ ސްކޫލްތަކުގައި ކިޔަވާދޭ މުހިން މާއްދާއެކެވެ. އެ ދަރިވަރުންނަކީ ކުރިއަށް އޮތް ޖީލުތަކުގައި ދެން އަންނަންއޮތް ޖީލުތަކަށް އަމާނާތްތެރި ކަމާއެކު ގައުމުގެ އެ ތަޖްރިބާ އޮޅުންފިލުވައި ދިނުމުގެ މަސްޢޫލިއްޔަތު އުފުލަން ޖެހޭނެތީއެވެ. ގައުމުގެ މުސްތަގްބަލް ބިނާކުރުމަށްޓަކައި މާޒީގެ ތާރީޚު އެނގެން ޖެހޭނެތީއެވެ. މިއަދުގެ ކުރިން ފާއިތުވެގެންދިޔަ ކޮންމެ ދުވަހަކީ މާޒީކަމަށްވެސް ބަލަން ޖެހޭނެއެވެ.                                          

އިސްތިޢުމާރީންގެ އަތްދަށުން ގައުމުތައް މިނިވަން ކުރުމުގައި ގިނަ އަހަރުތަކަކަށް ޖިހާދުކޮށް ގައުމުގެ އެންމެ އަގުހުރި އެތައްދަރިންގެ ލޭ އެ ބިމަށް އޮހޮރިގެން ދިޔަކަމަށް ތާރީޚުން ހެކި ލިބޭނެއެވެ. އެހެން ގޮތެއްނެތި މަޖުބޫރުވެގެން މިނިވަންކަން ދިން ގައުމުތައްވެސް ވަނީ ދުވަހަކުވެސް ދާޚިލީ އަދި ސަރަހައްދީ ދެކޮޅުވެރިކަމުން ސަލާމަތް ނުވެވޭނެފަދަ ވަކިތަކެއްގެ ތެރެއަށްބައިބައި ކޮށްލާފައެވެ.                             

ހިތާމައަކީ މިނިވަންކަން ލިބުމަށްފަހުވެސް ޢިސްތިއުމާރީން އަށަގެންނުވި ސުންޕާ ބަލިމަޑުކަމުގެ ތެރެއަށް ގައުމުތައް ގެނބެމުން ދިއުން އާންމުވަމުން ދިއުމެވެ. ގައުމެއްގެ އެންމެބޮޑު ރައުސުލްމާލަކީ އެގައުމެއްގެ ރައްޔިތުންކަން އެނގިތިބެ އެކަން ގަބޫލު ނުކުރުމެވެ. ސިޔާސީ ޕާރޓީ ތަކުގެ ނަމުގައި ރައްޔިތުން ބައިބައި ކޮށްލުމާއި ފިތުނަޖާޑި ތަކަކަށް ހަދާލެވުނު ކަމެވެ. ގައުމުގެ ސުލްޙަމަސަލަސ   ްކަން އޮޔާ ދުއްވާލާ ކަމެވެ.                                   

 މި ސަރަހައްދުގެ ކޮންމެ ގައުމަކުންވެސް ގެންދަނީ ސިންގަޕޯރުން މިސާލު ނަގަމުންނެވެ. އެކަމަކު ޙަގީގަތަކީ ބޮޑުންގެ ޖީބުތައް ފުރިގެންދާއިރުވެސް ރައްޔިތުން ތިބެންޖެހެނީ އަނގަޔާއަތް ދިމާނުވެ މާޔޫސް ޙާލަތެއްގައެވެ. ސަރުކާރުގެ އިސް މަގާމެއް ލިބިއްޖެނަމަ އެހެންމީހުންނަކީ އަގެއްނެތް ބަޔަކު ކަމުގައި އޭނާ ވިސްނާ ކަހަލައެވެ. މިއީ ގައުމުތަކުގައި އިސްތިއުމާރީން އިންދާފައިވާ ވިހަގަދަ ބަލިމަޑުކަމެކެވެ. ހެޔޮ ވެރިކަމެއް ކުރުމަށް ނުވަތަ ހެޔޮ ވެރިކަމަކަށް މަގުދައްކާ މީހާއަކީ ސިކުނޑި ހަމަނުޖެހޭ މީހެއް ކަމުގައި ދެކެމުން ދިއުމުގެ ބަލިމަޑުކަމެވެ.                                                            

އަވަށްޓެރި ސްރީލަންކާގެ ރައްޔިތުން ނިކަމެތިވެ ގައުމު ބިކަވެގެންދިޔަ ދުވަސްތައް އަދި ހަނދާނެއް ނުނެތެއެވެ. ވެރިން ތިބީ މުއްސަނދި ކަމުގެ އެންމެ ކުރީ ސަފުގައޭ ބުނާތީ މީޑިއާތަކުން ފެންނަމުން ދިޔައެވެ. ސްރީލަންކާގެ ރައްޔިތުންނަށް މެދުވެރިވި ދަތިޙާލަތުން އަރައިގަތުމަށްޓަކައި ދެއްކި އެއްބައިވަންތަ ކަމަށް އައްސަރިބަހާއި ސާބަސް ދޭންޖެހެއެވެ. އެ ގައުމުގައި ވެރިކަން ކުރަމުންގެންދިޔަ ޝާހީ ގަބީލާތަކާ މާދުރު ބޭފުޅަކަށް ސިޔާސީ މައިދާނުގައި ރައްޔިތުންގެ ތާއީދު އޮހިގެންދިޔަ މަންޒަރު ވަރަށްވެސް ރީއްޗެވެ. ރައްޔިތުން އިޚްތިޔާރުކުރެއްވި ވެރިމީހާގެ އަޒުމަކަށް ވެފާއޮތީ ރައްޔިތުންނަށްޓަކައި ވެރިކަން ކޮށްދިނުމެވެ.

ސްރީލަންކާ ވެއްޓެމުންދިޔަ އިގްތިސާދީ އަނދަވަޅުން ސަލާމަތް ކުރުމަށްޓަކައި ރައީސް އެޅުއްވި ފިޔަވަޅުތައް ވަރަށް ކާމިޔާބު ކަމުގައި އެ ގައުމުގެ ރައްޔިތުން އެއްބަސްވެ މިވަނީ ގަބޫލުކޮށްފައެވެ. ސްރީލަންކާ ކުރިއަރަމުންދާތަން ފެނުމުން އަޅުގަނޑުމެންނަށްވެސް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދެއެވެ.

ގައުމެއްގެ ޙާލަތު އިސްލާޙު ކުރުމަކީ ވެރިކަމަށް އިސްކުރެވޭ މީހާގެ އަޒުމަކަށް ވާން ޖެހޭނެއެވެ.  އަވަށްޓެރި އިންޑިއާގެ ޓެމިލްނާޑޫއަށް ބަލާލުން މިއީ ވަރަށް މުނާސަބު ވަގުތެއްކަމުގައި ދެކެމެވެ. ފާއިތުވެގެން މިދާ ފަންސާހަކަށް އަހަރު ވަކި ބަޔަކަށް ނޫނީ ވެރިކަން ކުރަން ނޭންގޭނެއޭ ބުނާކަހަލަ ސަރަހައްދެކެވެ. އެކަމަކު ކޮންމެ ކަމަކަށްވެސް ހައްދެއް އޮންނަން ޖެހޭނެއޭ ބުނާފަދައިން ޓެމިލްނާޑޫގެ ރައްޔިތުންވެސް މިފަހަރު ކެތްތެރިކަން ކޮޅުންލީއެވެ. ފުރިހަމަ ބަދަލެއް އެ ގެނުވީއެވެ.

…ނުނިމޭ

Loading

Leave a Reply

ފަހުގެ އަޕްޑޭޓް