އަފްޢާނިސްތާން ގައި ފެންބޮޑުވެ ކުރިމަތިވި ހާދިސާތަކުގައި 20 މީހުން މަރުވެ 100މީހުން ގެއްލިއްޖެ

Loading

Facebook
Twitter
WhatsApp

އަފްޢާނިސްތާން އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ކުރިމަތިވި ހާދިސާތަކުގައި 20 މީހުން މަރުވެ 100އަށް ވުރެ ގިނަމީހުންނަށް ވީނުވީގޮތެއް ނޭނގި ގެއްލިފައިވާކަމަށް ޠާލިބާން ސަރުކާރުން ބުނެފިއެވެ.


މިކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ނުރިސްތާން ޕްރޮވިންސްގެ ވެރިރަށް ޕާރުން އަށް ކަމަށް ވެއެވެ. އެތަނުން ގެއްލިފައިވާ މީހުންގެ ތެރޭގައި މޭޔަރުވެސް ހިމެނޭ ކަމަށް ވެއެވެ. މީގެ އިތުރުން ޕާރުން ސަރަހައްދުގެ 80 ވަރަކަށް މީހުންނަށް އެކި އަނިޔާތައް ލިބިގެންވެސް ރިޕޯޓް ކޮށްފައި ވެއެވެ.
އަފްޣާނިސްތާންގެ ވެރިކަމުގައި މިހާރު އޮތް ޠާލިބާން ސަރުކާރުން ބުނެފައިވާގޮތުގައި މިވަގުތު ކުރިމަތިވެފައިވާ ގުދްރަތީ ކާރިސާގައި މަރުވި މީހުންގެ އަދަދު އަދިވެސް އިތުރު ވާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުންވެސް ފެންބޮޑުވުމުގެ ސަބަބުން މާލީ ގޮތުންވެސް ބޮޑެތި ގެއްލުންތައް ލިބޭނެ ކަމަށް ދަނީ ބެލެމުންނެވެ.
ސޯޝަލް މީޑިޔާ ގައިވާ ވީޑިއޯ ތަކުން ފެންނަ ގޮތުގައި ފެން ބޮޑުވެ ކިސަޑު ހެދި ކިސަޑު ދެމިގެން ދިއުމުގެ ސަބަބުން އެތައް ގެތަކެއްގެ އިތުރުން ގިނަ އަދަދެއްގެ ފިހާރަތަކާއި މުނިސިޕަލް އިމާރާތްތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ.
އަފްޣާނިސްތާން އަކީ މޫސުމަށް އަންނަ ބޮޑެތި ބަދަލު ތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ އެއްގައުމެވެ. މިގޮތުން ފެންބޮޑުވެގެން ލިބޭ ގެއްލުން ތަކުގެ އިތުރުން ބައެއްފަހަރު ފެން ނުލިބި ހަނަފަސްކަން އިތުރު ވުމުގެ ސަބަބުންވެސް އެގައުމުގެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިވެއެވެ.
އަފްޣާނިސްތާން އަކީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ ފަގީރު އެއްގައުމަށް ވާއިރު އެގައުމަށްވެރިވެގެން ތިބި ޠާލިބާން ހަނގުރާމަ ވެރިން، އެމެރިކާގެ މަދަދާ އެކު ގައުމުން ބޭރުކުރުމަށް ކުރި ދިގުލީ ހަނގުރާމައިގެ ސަބަބުންވެސް އެގައުމަށް ވީރާނާކަން ކުރިމަތިވިއެވެ. 20 އަހަރު ދުވަހު ދުރުގައި ތިބުމަށްފަހު 2021ވަނަ އަހަރު ޠާލިބާން ޖަމާއަތް ވަނީ އެބުރި އައިސް އަލުން އެގައުމުގެ ވެރިކަމާ ހަވާލުވެފައެވެ.
ސަރުކާރުން ހާމަ ކޮށްފައިވާ ގޮތުގައި އެގައުމުގެ 34 ޕްރޮވިންސްގެ ތެރެއިން 10 ޕްރޮވިންސަކަށް ބުދަ ދުވަސް ހިމެނޭ ގޮތުން ކުރިޔަށް އޮތް ދެދުވަހުވެސް މޫސުން ވަރަށް ގޯސްވާނެއެވެ.އަދި ކޯރުތަކާ ކައިރި ހިސާބުތަކަށާ އަދި އެހެންވެސް ފެންބޮޑުވެދާނެ ކަމަށް ހީވާ ސަރަހައްދު ތަކާ ދުރުގައި ތިބުމަށް އާންމުންނަށް ދަނީ އަންގަމުންނެވެ.
އަފްޢާނިސްތާންގެ ނުރިސްތާން ޕްރޮވިންސަކީ ކުރިން ވަރަށް ގަސްބޯ އަދި ފެހިކަން ގަދަ ސަރަހައްދެކެވެ.އަދި 2020 ވަނަ އަހަރު އެތަނަކީ ނެޝަނަލް ޕާކެއްގެ ގޮތުގައިވެސް ކަނޑައަޅާފައިވާ ސަރަހައްދެކެވެ. ނަމަވެސް ހުއްދަނެތި ގިނަ އަދަދެއްގެ ގަސް ކެނޑުމާއި މިފަދަ އަމަލު ތަކުގެ ސަބަބުން ބޮޑެތި ސަރަހައްދުތައް ހުސްވެ، ވެލިގަނޑު ހަރުވުމުގެ ސަބަބުން ފެން ހިނދުން ލަސްވަނީ ކަމަށް ރިޕޯޓް ބުނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް