ވަރލްޑް ކަޕް ފައިނަލަށްފަހު ތަށިދިން ރަސްމިއްޔާތުގައި ރައީސް ޓްރަމަށް ކްރައުޑް“ބޫ“ ކޮށްފި

Loading

Facebook
Twitter
WhatsApp

ރޭނިމިގެން ދިޔަ ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތް ނިމުމަށްފަހު މުބާރާތް ކާމިޔާބް ކުރި ސްޕެއިން އަށް ތަށިދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދަނޑުމައްޗަށް އަރާވަޑައިގަތުމުން އޭނާއަށް މަލާމަތް ކުރުމުގެ ގޮތުން ކްރައުޑް“ބޫ“ ކިޔާ ވަރަށް ބޮޑަށް އަޑުގަދަކޮށްފިއެވެ.
ރަސްމިއްޔާތު ގައި ސްޕެއިން ޓީމަށް ތަށި ހަވާލުކުރުމަށްފަހުވެސް ޓްރަމްޕް ދަނޑުމަތީ މަޑު ކުރައްވަން ފެށުމުން އަޑުލައްވާ، ހަޅޭކުގެ އަޑު ގަދަވާން ފެށުމުން ފީފާގެ ރައީސް އިންފަންޓީނޯ ވަނީ ނޭނގޭ ގޮތަށް މަޑުމަޑުން ޓްރަމްޕް ދަނޑުމަތިން ބާލާފައެވެ.
ވަރޑްކަޕް ތަށި ސްޕެއިނުން ކާމިޔާބުކުރީ އާޖެންޓީނާ އާއި ދެކޮޅަށްކުޅެ، އިތުރު ވަގުތު ނިމެން ދަނިކޮށް އެކެއް ސުމެއްގެ ނަތީޖާ އަކުންނެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ޑޮނަލްޑް ޓްރަމްޕް ގެ އިތުރުން ސްޕެއިންގެ ރަސްގެފާނު ފިލީޕޭ 6ވަނަ، ކެނެޑާގެ ބޮޑުވަޒީރު މާކް ކާނޭ، މެކްސިކޯގެ ރައީސް ކްލައުޑިޔާ ޝައިންބައުމް ފަދަ ލީޑަރުން ބައިވެރިވެވަޑައިގެންފައި ވެއެވެ.


ރޭގެ އިވެންޓަކީ ރައީސް ޓްރަމްޕަށް މިގޮތަށް ކުޅިވަރު ހަރަކާތެއްގައި ކުޅިބަލާ މީހުން މަލާމަތް ކޮށް ޓްރަމްޕް ބޭލުވި ފުރަތަމަ ފަހަރެއް ނޫނެވެ. މިގޮތުން ސުޕަރ ބައުލް،ޓެނިސް ޔޫއެސް އޯޕަން، ޑޭޓޮނާ 500 އަދި ގޮލްފް ރައިޑަރ ކަޕް ހިމެނެއެވެ. ރޭގެ އިވެންޓްގެ ކުރިން އެންމެ ފަހުން ހިނގި މިފަދަ އިވެންޓަކީ އެންބީއޭ ފައިނަލްސް އެވެ.
އެމެރިކާގެ ގިނަ ރައްޔިތުންގެ މެދުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ގެ މަގްބޫލް ކަން އަންނަނީ ވަރަށްބޮޑަށް ދަށް ވަމުންނެވެ. މިކަން އެންމެ ބޮޑަށް ހާމަވަނީ މިފަދަ ކުޅިވަރު އިވެންޓް ތަކުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް