މަތިންދާބޯޓެއްގެ ނެއްޓުނު ކުޑަދޮރަކުން މީހަކު ކިރިޔާ ބޭރުނުވެ ސަލާމަތް ވެއްޖެ

Loading

Facebook
Twitter
WhatsApp

ރަޔަންއެއަރ ގެ މަތިންދާބޯޓެއްގައި ހިނގި އެކްސީޑެންޓެއްގައި ނައްޓައިގެންދިޔަ ބޯޓުގެ ކުޑަދޮރަކުން މީހަކު ބޭރުނުވެ ކިރިޔާ ސަލާމަތްވެއްޖެއެވެ. ކުޑަދޮރު ވިއްސައިގެން ދިއުމާއިއެކު ދޮރާއި އެންމެ ކައިރީގައިވާ ގޮނޑީގައި އިންމީހާ ގަދަ ”ފޯސް“ އަކާއެކު ބޭރަށް ދަމައިގަތް ކަމަށްވެއެވެ.އެވަގުތު އޭނާއާއި ޖެހިގެން އިން އޭނާގެ އަންހެނުން، ފިރިމީހާގެ ދެފައިގައި ބާރަށް ބެއްދުމަށްފަހު އެތެރެޔަށް ގެނެވޭތޯ އުޅެމުން އެހެންމީހުންނަށް ގޮވާ އެހީތެރިކަމަށް އެދުނު ކަމަށް ވެއެވެ.


ރަޔަންއެއާގެ ބޯޓު ހުކުރު ދުވަހު ކުރި ދަތުރުގައި ދިހަވަރަކަށް މިނިޓް ދަތުރު ކުރިޔަށް ގޮސްފައި ވަނިކޮށް ކުއްލިއަކަށް 9000ފޫޓް ތިރިޔަށް ވެއްޓިގެން ދިޔަކަމަށް ވެއެވެ.
ގްރީސް އިން ފުރައިގެން ޖަރމަނީ އަށް ކުރި ދަތުރެއްގައި ހިނގި ހާދިސާގައި ފިރިހެންމީހާ އެތެރެޔަށް ދަމާ ވެއްދުނީ ދެމިނެޓެއް ހާއިރު ފަހުން އެހެން ދެފަސިންޖަރުންގެ އެހީތެރިކަމާއެކު ކަމަށް ވެއެވެ. އޭރު ފިރިހެންމީހާގެ މޫނަށްވަނީ އައިބު ތަކެއް އައިސްފައި ކަމަށާ ނޭފަތާއި އަގައިން ލޭ އަންނަމުންދާކަމަށް އޭނާގެ އަންހެނުން ބީބީސީ ސަރބިއާ އަށް ކިޔާދީފައި ވެއެވެ.
ބޯޓުން ދަތުރު ކުރި އެކިމީހުން ގްރީކް ޕަބްލިކް ބްރޯޑްކާސްޓަރ އަށް ކިޔާދިން ގޮތުގައި ފުރަތަމަ އެއްޗެއް ގޮވާކަހަލަ އަޑެއް އިވުނީއެވެ.ހީވީ އިންޖީނުގެ ބައެއް ނެއްޓިގެން އައިސް ކުޑަދޮރުގައި ޖެހުނުހެން ކަމަށް އެމީހުން ކިޔާދިނެވެ. ކުޑަދޮރު ތަޅައިގެން ދިއުމާއިއެކު ބޯޓުތެރޭގެ ޕްރެޝަރު ދަށްވެގެންވެސް މައްސަލަ ތަކެއް ކުރިމަތިވެފައި ވެއެވެ.
ބޯޓުން ބޭރަށް ދަމައިގަންނަން އުޅުނު ފިރިހެންމީހާ އިނީވެސް ސީޓް ބެލްޓް އަޅުވައިގެން ކަމަށާ ނަމަވެސް އޭނާގެ ބޮލާ ދެކޮޑުވެސް ބޭރަށް ނިކުމެފައިވާ ކަމަށް ޚަބަރުލިބެއެވެ.އޭނަގެ އަންހެން ބުނި ގޮތުގައި ފިރިހާ އަށް ވަނީ ސީރިއަސް ޒަޚަމް ތަކެއް ލިބިފައެވެ.އަދި އޭނާވަނީ ޝޮކްގައި ކަމަށް ބުނެފައިވެއެވެ.މީގެ އިތުރުން ކަން ހިނގިގޮތް އެއްކޮން އޭނަހަނދާންވެސް ނެތް ކަމަށް އަންހެންމީހާ ބުނެފައި ވެއެވެ.މިހާރުވެސް މަތިންދާބޯޓެއްގެ އަޑު އިވޭއިރަށް މުޅިމީހާ ތުރުތުރު އަޅަން ފަށާ ކަމަށާ ޚުދް އޭނައަށްވެސް ވަނީ ވަރަށް ބޮޑަށް ނަފްސާނީގޮތުން އަސަރު ކޮށްފައި ކަމަށް އޭނާ ބުނެފައިވެއެވެ.
ބޯޓުން ދަތުރު ކުރި އެންމެންވެސް ހީކޮށްގެންތިބީ ބޯޓުވެއްޓޭނެ ކަމަށެވެ.ނަމަވެސް ބޯޓު ވަނީ ނުވެއްޓި އަނބުރާ ފުރިތަނުގައި ޖައްސާފައި ކަމަށްވެއެވެ.ރަޔަންއެއަރ ގެ ފަރާތުން ބުނީ ދަތުރު ކުރިޔަށް ނުގެންދަން ނިންމީ ފަސިންޖަރުންގެ ކުޑަދޮރެއް ނެއްޓުމުގެ ސަބަބުން ކަމުގައެވެ.
އަންހެންމީހާ ބުނީ އެހާދިސާގެ މަތިން ވިސްނާ އެކަމާ މެދު ފިކުރުކުރުން އެއްގޮތަކަށްވެސް ހުއްޓާ ނުލެވޭ ކަމަށެވެ. މިހާރުގެ ސުވާލަކީ އެމީހުން ދެން ދުވަހަކުވެސް މަތިންދާބޯޓަކަށް އަރާނެތޯ ،މިސުވާލުކަމަށް އޭނާ ބުނެފައި ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް