ގެރި ކަތިލި މީހަކު މެރި 14 މީހަކަށް ހުކުމް އިއްވި މުސްލިމް ފަޑިޔާރަކަށް މަރުގެ އިންޒާރު ފޮނުވަން ފަށައިފި

Loading

Facebook
Twitter
WhatsApp

އިންޑިޔާގައި، މަސްކެއުމަށްޓަކައި ގެރި ކަތިލި ކަމަށް ތުހުމަތު ކުރެވޭ މުސްލިމަކަށް އަނިޔާކޮށް ދަންޖައްސާ މެރުމުގައި ބައިވެރިވި، ހިންދޫ ދީނުގެ 14 މީހަކަށް ހުކުމް އިއްވި މުސްލިމް އަންހެން ފަޑިޔާރަކަށް ސޯޝަލް މީޑިޔާގެ އެކި ޕްލެޓްފޯމްތަކުގައި މަރުގެ އިންޒާރު ދޭން ފަށައިފި ކަމަށް ޚަބަރު ލިބެއެވެ. މިސާދަ މީހުންނަށް ކޯޓުން އިއްވާފައިވަނީ އުމުރުދުވަހުގެ ޖަލު ހުކުމެކެވެ.


މަދްޔާ ޕްރަދޭޝް ސްޓޭޓްގެ ޑިސްޓްރިކްޓް ކޯޓެއްގައި ޖޫންމަހުގެ 12 ވަނަ ދުވަހު ނިންމާފައިވާ ޝަރީއަތުގައި ފަޑިޔާރު ތަބައްސުމް ޚާން ވަނީ 14 މީހެއްގެ މައްޗަށް،މީހަކު މެރުމާއި،މަރަން އުޅުމާއި،ހަމަ ނުޖެހުން ހިންގުމުގެ އިތުރުން ގަދަބާރުން މީހުން ހިފެހެއްޓުމުގެ ކުށް ސާބިތުވާކަމަށް ނިންމާފައެވެ.
2022 ވަނަ އަހަރު ހިނގި ހާދިސާގައި ނަޒީރު އަހުމަދު ކިޔާ އުމުރުން 50 އަހަރުގެ މުސްލިމަކު ރޭގަނޑުގެ ވަގުތެއްގައި ގެރިތަކެއް ވެހިކަލް އަކަށް އަރުވައިގެން ދަތުރު ކުރަނިކޮށް ދަގަނޑު ބުރި ތަކާއި އެހެންވެސް ހަތިޔާރު ހިފައިގެން ތިބިބަޔަކު ވަނީ އޭނަގެ ވެހިކަލް ހުއްޓުވާ އޭގައި ތިބި ތިންމީހުންނަށް އަނިޔާ ކުރަން ފަށާފައެވެ.
ގެރިއަކީ ހިންދޫ ދީނުގައި އަޅުކަން ކުރެވޭ ޖަނަވާރަކަށް ވާއިރު ގެރިކަތިލުމަކީ ހިންދީން ވަރަށް ރުޅިއަންނަ މައްސަލަ އެކެވެ. އެމީހުން ކުރި އަނިޔާގައި އަހުމަދު މަރުވެފައި ވީނަމަވެސް އަނެއް ދެމީހުން ވަނީ ހާދިސާ ހިނގިގޮތް ކޯޓުގައި ކިޔައި ދީފައެވެ.
ފަޑިޔާރު ޚާންގެ ހުކުމުގައި ވަނީ މިމައްސަލަ އަކީ ސާފުކޮން ”މޮބް ލިންޗިންޗިންގ“ ނުވަތަ ގްރޫޕަކުން އަނިޔާކޮށް މީހަކުމެރުމުގެ ހާދިސާއެއްކަން ސާފުވާ ކަމަށް ނިންމާފައެވެ.
ނަމަވެސް ފަނޑިޔާރުގެ ނިންމުމާއި ގުޅިގެން އޭނާޔަށް އަމާޒުކޮށް ދީނީ ގޮތުން ނަފްރަތު އުފެއްދުމުގެ އެތައް ވީޑިއޯ އެއްހަދާ، ޕޯސްޓް ކޮށްފައި ވެއެވެ.އަދި 14 މީހުންނަށް އެފަދަ ހަރުކަށި ހުކުމެއް އިއްވީ އެއީ ހިންދީ ދީނަށް ނިސްބަތްވާ ބަޔަކަށް ވާތީ ކަމަށް ވީޑިއޯ ތަކުގައި ބުނެފައި ވެއެވެ.އަދި ޚާން ރޭޕްކޮށް މަރާނެ ކަމަށްބުނެ އެތައް މަރުގެ އިންޒާރެއް އަންނަނީ ދެމުންނެވެ.މިއާއި އެކު އޭނާގެ ފަހަތަށް މިހާރުވަނީ އެތައް ޖުޑީޝަލް ގްރޫޕް ތަކެއް އަރާފައެވެ. އަދި އޭނާއަށް ވަނީ ފުލުހުންގެ ހިމާޔަތް ދީފައި ކަމަށް ވެއެވެ.
ހުކުމް އިއްވި ދުވަހުވެސް ކުށްވެރިންގެ އާއިލާތަކުގެ މެމްބަރުން ޕޮލިސް ވެހިކަލް ތަކުގެ ކުރިމައްޗަށް އަރައި އެމީހުން ޖަލަށް ގެންދިއުން ހުއްޓުވަން އުޅެފައި ވެއެވެ.އަދި އެމީހުންނަށް އުމުރުދުވަހުގެ ޖަލު ހުކުމެއް އިއްވީ ހަމަ އެކަނި ގެރި ހިމާޔަތް ކޮށްގެން ކަމަށް ބުނެފައި ވެއެވެ.
އޭގެ ފަހުން ސޯޝަލް މީޑިޔާ އިންފްލުއެންސަރުން ބޭނުންކޮށްގެން އޮންލައިން ކޮށް ފަޑިޔާރު ޚާން އާއި ދެކޮޅަށް ވަރުގަދަ އެންޓި ކެމްޕެއިނެއް ހިންގަމުން ގެންދާކަމަށް ޚަބަރު ލިބެއެވެ.
ވަކި މުއްދަތެއްގެ ތެރޭގައި ކުށްވެރިން މިނިވަން ނުކޮށްފިނަމަ މުޅިގައުމުގައި ލޭއޮހޮރުވުން ހިންގާނެ ކަމަށް ބުނާ ވީޑިއޯ ތަކެއްވެސް ޕޯސްޓް ކޮށްފައިވާ ކަމަށް ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް