ޤަޠަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ އަވަހާރަވެއްޖެ

Loading

Facebook
Twitter
WhatsApp

ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ، އުމުރުފުޅުން 74 އަހަރުގައި އަވަހާރަވެއްޖެއެވެ. މި ހިތާމަވެރި ޚަބަރު އެ ޤައުމުގެ އަމީރުގެ ރަސްމީ އޮފީހުން ކަށަވަރު ކޮށްދީފައި ވަނީ މިއަދު ، ޖުލައި 12 ވަނަ ދުވަހުއެވެ.


ޝައިޚް އަލްޘާނީ، ޤަޠަރުގެ ވެރިކަން ކުރައްވާފައި ވަނީ 1995 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރަށެވެ.
ޙަމަދު ބިން ޚަލީފާ އަލްޘާނީ ޤަޠަރުގެ ޒަމާނީ ތަރައްޤީގެ ބާނީގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅާއެވެ. ޝައިޚް އަލްޘާނީ ގެ ވެރިކަމުގައި ޤަޠަރުގެ އިޤުތިޞާދީ އަދި ސަޤާފީ ދުވެލި ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސްފައި ވެއެވެ. އެ ޤައުމުގެ އުފެއްދުންތެރިކަން 24 ގުނަ އިތުރުވިއިރު، ހައިޑްރޯކާބަން ނުވަތަ ތެލާއި ގޭހުގެ ސިނާއަތުގެ ވިޔަފާރި އެތައް ގުނައަކަށް ފުޅާވެގެން ދިޔައެވެ. މިއީ ޤަޠަރު ބައިނަލްއަޤުވާމީ ފެންވަރުގައި ކުރިއެރުވުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅުއްކަން ފާހަގަ ކުރެވެއެވެ.

ޙަމަދު ބިން ޚަލީފާ އަލްޘާނީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1952 ވަނަ އަހަރު ދޯހާ ގައެވެ. ތަޢުލީމު ހާސިލުކުރެއްވުމަށްފަހު، އިނގިރޭސިވިލާތުގެ ސޭންޑްހަރސްޓްގައި ހުންނަ ރޯޔަލް މިލިޓަރީ އެކެޑަމީގައި ތަމްރީނު ހޯއްދެވިއެވެ. އަދި، ޤަޠަރުގެ އަސްކަރިއްޔާގައި ޚިދުމަތް ކުރައްވައި، މޭޖަރ ޖެނެރަލްގެ މަޤާމާ ހަމައަށް ވަޑައިގެންނެވިއެވެ. އަސްކަރިއްޔާގެ ހަތިޔާރުގެ ޤާބިލުކަން އިތުރުކުރުމުގައި ޝައިޚް ޙަމަދް މުހިންމު ދައުރެއް އަދާކުރައްވާފައި ވެއެވެ.
ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، 1995 ވަނަ އަހަރު ޝައިޚް ޙަމަދް ބޮޑެތި އިސްލާޙުތަކެއް ގެންނެވިއެވެ. މިނިވަން މީޑިއާއަށް މަގުފަހިކުރުމުގެ ގޮތުން 1996 ގައި އަލްޖަޒީރާ ޗެނަލް ފެއްޓެވިއެވެ. މީގެ އިތުރުން، 2004 ވަނަ އަހަރު ޤަޠަރުގެ ފުރަތަމަ ދާއިމީ ޤާނޫނުއަސާސީ އެކުލަވައިލައްވައި، ޑިމޮކްރެޓިކް ނިޒާމުތައް ވަރުގަދަކުރެއްވިއެވެ. އެއަށްފަހު 1999 ވަނަ އަހަރު އަންހެނުންނަށް ވޯޓުލުމުގެ ޙައްޤު ކަށަވަރުކޮށްދެއްވިއެވެ. މި ބަދަލުތަކާއެކު ޤަޠަރު ދުނިޔޭގެ މުހިންމު ސިޔާސީ މަރުކަޒަކަށް ބަދަލުވެގެން ދިޔައެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގައި ހިނގާ ކޯޅުންތައް ޙައްލުކުރުމުގައި ޤަޠަރުން އިސް ދައުރެއް އަދާކުރީ ޝައިޚް ހަމަދް އަލްޘާނީގެ ޚާރިޖީ ސިޔާސަތުގެ ދަށުންނެވެ. މީގެ އިތުރުން، މި ސިޔާސަތުގެ ދަށުން ހޯދުނު އެންމެ ބޮޑު އެއް ކާމިޔާބީއަކީ، 2022 ވަނަ އަހަރު ދުނިޔޭގެ ތަށްޓަށް ކުޅެވުނު ފުޓުބޯޅަ މުބާރާތް ޤަޠަރުގައި ބޭއްވުމުގެ ފުރުޞަތު 2010 ވަނަ އަހަރު އޭނާގެ ވެރިކަމުގައި ހޯއްދެވުމެވެ. 2013
2013 ޖޫން 2025 ވަނަ ދުވަހު ވެރިކަމުގެ ބާރުތައް ދަރިކަލުން ޝައިޚް ތަމީމް ބިން ޙަމަދްއާ ޙަވާލުކުރެއްވިއެވެ. މިއީ އެ ޤައުމުގެ ތާރީޚުގައި ފާހަގަކޮށްލެވޭ
ބަދަލެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.
2.5 މިލިއަން މީހުންގެ އާބާދީ އެއް އޮންނަ ޤަޠަރަކީ ދުނިޔޭގައި އެންމެ ގިނައިން ލިކުއިފައިޑް ނެޗުރަލް ގޭސް އެކްސްޕޯޓް ކުރާ ގައުމަށް ވުމުގެ އިތުރުން ވިޔަފާރީގެ ގޮތުން ކުރި އަރާފައިވާ އިންވެސްޓް ކުރުމުގެ ހަބްއެކެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް