އާދަމް ޝަރީފާއި ޠާރިގް އަދި ދިޔާނާ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް

Loading

Facebook
Twitter
WhatsApp

އާދަމް ޝަރީފާއި ޠާރިގް އިބްރާހީމްގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަން ކުރައްވައިފިއެވެ.


މި މަހުގެ 14 ވަނަ ދުވަހު އިސްތިއުފާ ދެއްވި 10 މިނިސްޓަރުންގެ ތެރޭގައި އާދަމް ޝަރީފާއި ތޯރިގް އިބްރާހީމް ހިމެނިވަޑައި ގަންނަވައެވެ.
އެގޮތުން ކުރީގެ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު ތޯރިގު އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަން ކުރެއްވީ މީގެ ދެ ދުވަހެއް ކުރިންނެވެ. ދިޔާނާ އަށް އެ މަގާމު ދެއްވީ އިއްޔެއެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ސަރުކާރުގެ ހިންގުމަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
އެ އިންތިހާބަށްފަހު ބައެއް ބައެއް މިނިސްޓަރުން ވަނީ އިސްތިއުފާ ދެއްވާފައެވެ.

Loading

One Response

  1. ދައުލަތުގެ ޚަރަދު ކުޑައެއް ނުވިތާ. ސަރުކާރު ހިންގުމަށް ގެންނަ ބަދަލުގައި ރައްޔިތުންނަށް ބުރަ ބޮޑުވާނީ. އެއް މަގާމަށް ނުކުޅެދުނީމާ އަނެއް މަގާމަށް ބަދަލުކުރުމަކީ ދިވެހި ސަރުކާރު ހިންގުމުގައި ގިނައިން ފެންނަ މަންޒަރެއް

Leave a Reply

ފަހުގެ އަޕްޑޭޓް