17 އަހަރުގެ އަންހެން ކުއްޖަކު ބަލިވެއިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަނީ

Loading

Facebook
Twitter
WhatsApp

ދެކުނުގެ ރަށެއްގައި އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ބަލިވެއިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.


ފުލުހުން މިއަދު ބުނީ، ދެކުނުގެ ރަށެއްގައި ޑޮކްޓަރަށް ދެއްކި 17 އަހަރުގެ ކުއްޖަކު ބަލިވެ އިންކަން އެނގުމާ ގުޅިގެން، އެ މައްސަލަ 2026 އޭޕްރީލް 13 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި އެ މައްސަލައިގެ ސީރިއަސްކަމަށް ބަލައި، ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.


މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށް ވާތީ، އެ ކުއްޖާ ނިސްބަތްވާ ރަށާއި އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް