މާލޭގެ ގެއެއްގެ 10 ވަނަ ފަންގިފިލާއިން ވެއްޓުނު ބިދޭސީއަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ މާލޭ، މާފަންނު، ސަބުދެލިމަގުގައި ހުންނަ ގެއެއްގެ މަތިން ފިރިހެނަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ެެއެގޮތުން މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިރޭ 18:20 އެހައިކަންހާއިރުކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ، އެމީހާ ވެއްޓިފައި ވަނީ އެ އިމާރާތުގެ 10 ވަނަ ފަންގިފިލާއިން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ކަމަށެވެ.
މި ހާދިސާގައި ވެއްޓުނު މީހާ އައިޖީއެމް ހޮސްޕިޓަލް އަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.
މީގެ އިތުރުން ފުލުހުން ބުނީ، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
![]()
