މަހިބަދޫގައި 100، ކުނބުރުދޫގައި 25 ހައުސިން ޔުނިޓު އަޅަން ހަވާލުކޮށްފި

Loading

Facebook
Twitter
WhatsApp

‏އދ. ކުނބުރުދޫ އަދި އދ. މަހިބަދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާއެކު އެޗްޑީސީން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ކުނބުރުދޫގައި 25 ހައުސިންގ ޔުނިޓް އަދި މަހިބަދޫގައި 100 ހައުސިންގ ޔުނިޓް ތަރައްގީ ކުރާނެއެވެ.

އަދި މި ދެ މަޝްރޫއުގެ ދަށުންވެސް ތަރައްގީކުރާނީ ތިން ކޮޓަރީގެ ޔުނިޓުތަކެވެ.

ކުނބުރުދޫ ހައުސިންގ ޔުނިޓްތަކުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ 480 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. މީގެ އިތުރުން މަހިބަދޫ ހައުސިން ޔުނިޓުތަކުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް