މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް 500،000ރ. ހަދިޔާކޮށްފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ބުނެފިއެވެ.
ޒަކާތު ހައުސް އިން ބުނީ ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ 15،009،749ރ. ލިބިފައިވާ ކަމަށެވެ.
އެގޮތުން ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އިން ޣައްޒާއަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް 500،000ރ. އިސްރާ އެސޯސިއޭޝަންއާ ރޭ ހަވާލުކޮށްފައިވާ ކަމަށްވެސް ޒަކާތު ހައުސް އިން ބުނެފައި ވެއެވެ.
ރާއްޖޭގައި ފިތުރު ޒަކާތުގެ ގޮތުގައި ފަގީރުންނާއި މީސްކީނުންގެ ކޮންމެ މީހަކަށް 6،000ރ. މި އަހަރު ދީފައިވާއިރު، ފަގީރުންނާއި މީސްކީނުންނަށް ޖުމުލަ ބަހާފައި ވަނީ 13،896،000ރ. ރުފިޔާއެވެ.
![]()
