މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައަކާ ގުޅިގެން ރަކީދޫ މީހަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

ހުޅުމާލެ ފޭސް 1 އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން އޭނާ ހޯދަން އިއުލާނުކޮށްފިއެވެ.

ފުލުހުން ހޯދަން އިއުލާނުކޮށްފައި ވަނީ އިޤްބާލް (40އ)، ނަރުގިސްވިލާ / ވ.ރަކީދޫ އެވެ.

ފުލުހުން މިއަދު ބުނީ އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ ދަށުން އޭނާ ހޯދަން އިއުލާނު ކުރާ ކަމަށެވެ.

އެހެންކަމުން ފުލުހުން ވަނީ އެ މައްސަލައާ ގުޅޭގޮތުން ސުވާލުކުރުމަށް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް މާރިޗު 24 ވަނަ ދުވަހުގެ 10:00 އަށް ހާޒިރުވާން އޭނާއަށް އަންގާފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް