ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފައި އޮއްވާ ފެނުނީ އޮސްޓްރޭލިއާ ރައްޔިތެއް

Loading

Facebook
Twitter
WhatsApp

މަރުވެފައި އޮއްވާ އައްޑޫ، ހިތަދޫގެ ފަތާ ޓްރެކް ސަރަހައްދުން އިއްޔެ ފެނުނީ ވޯކްވިސާގެ ދަށުން ރާއްޖޭގައި އުޅެމުން އައި އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށް ފުލުހުން ބުނެފިއެވެ.


އިއްޔެ ހަވީރު ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑުފެނުމާއެކު އެއީ ކާކުކަން ދެނެގަތުމަށް އާންމުންގެ އެހީއަށް ވެސް ފުލުހުން އޭރު އެދުނެވެ.
އޭގެ ފަހުން ފުލުހުން ރޭ ބުނީ، އެއީ އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ ޑެނިއަލް ޑީ ޖިއޮވީން ނަމަކަށް ކިޔާ މީހެއްކަން ފުލުހުންނަށް ވަނީ ކަށަވަރު ކުރެވިފައި ކަމަށެވެ.

މީގެ އިތުރުން އުމުރުން 60 އަހަރުގެ އެ މީހާ މަރުވި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަންނަން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް