އައްޑޫސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދު މޫދުން މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން މިއަދު ބުނީ އެ ސަރަހައްދުގައި މީހަކު މަރުވެފައި އޮއްވާ ފެނުނު ކަމަށް މިއަދު ހަވީރު 16:41 އެހާކަށްހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި މަރުވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީއެއް ކަމަށާއި، އެހެންނަމަވެސް އެއީ ކާކުކަން އަދި މިހާތަނަށް ދެނެގަނެވިފައިނުވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
އެ މީހާގެ ހަށިގަނޑު މިހާރު ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
![]()
