ޚަރަދު ކުޑަކުރަންކަމަށް ބުނެ ސަރުކާރުން ދެއިންތިޚާބު އެއްކޮަށްލަން ނިންމާފައިވާތީ އެނިންމުން ބާތިލުކޮށް ދިނުމަށް އެދި ހައިކޯޓަށް ހުށަހަޅައިފިއެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެެންނަ ނުފެންނަ ނުފެންނަ ވޯޓެއް ނަގަން ސަރުކާރުން ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ނެރުއްވާފައިވާ ގަރާރު ގާނޫނާ ޚިލާފު ކަމަށްބުނެ އެ ވޯޓު ހުއްޓުވުމުގެ މައްސަލަ އެމްޑީޕީއިން މިއަދު ހައިކޯޓަށް ހުށަހަަޅައިފި އެވެ.
ދަޢުވާއަކީ ޖުޑީޝަލް ރިވިއުގެ ދަޢުވާއެއް ކަމަށް އެޕާޓީއިން ބުނެއެވެ. މި މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން ރެފަރެންޑަމް ވޯޓު ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށްވެސް އެދިފަ އެވެ.
އެމްޑީޕީ އިން ދެކެނީ ރެފަރެންޑަމް ވޯޓު ނަގަން ރައީސް ނެރުއްވި ގަރާރުން ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ގާނޫނަށް ގެނެވުނު ބަދަލު ވެސް ގާނޫނާ ޚިލާފު ކަމަށެވެ.
އެހެންވެ ކޯޓަށް ހުށަހެޅި މައްސަލައިގައި، ވަނީ އެ ގަރާރު ގާނޫނާ ޚިލާފުވާ ސަބަބަކީ ރައީސް މުއިއްޒުގެ ގަރާރާއެކު ހިމެނި މަޢުލޫމާތު ކަރުދާހުގައި އެ ބަދަލުތައް ގެންނަން ދައްކާ ޙުއްޖަތުތައް ބަޔާންކޮށްފައި ނެތުން ކަމަށެވެ. އަދި އެ މަޢުލޫމާތު ކަރުދާހުގައި ޙުއްޖަތުތައް ގަރާރުގައި ބަޔާންކުރުމަކީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ލާޒިމުކުރާ ކަމެއް ކަމަށް ވެސް ފާހަގަކޮށްފައި ވެއެވެ.
އެމްޑީޕީ އިން ބުނާ ގޮތުގައި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ އެކި ރެފަރެންޑަމް ބާއްވަން ނިންމުން ވެސް ގާނޫނާ ޚިލާފެވެ. ސަބަބަކީ ގާނޫނުއަސާސީން ކަށަވަރުކޮށް ދީފައިވާ ކެމްޕެއިން ކުރުމުގެ ޙައްގަށާއި މަޢުލޫމާތު ހޯދުމާއި މަޢުލޫމާތު ދިނުމުގެ މިންވަންކަމަށާއި ވޯޓު ދިނުމުގެ ޙައްގު އުނިވާކަމަށެވެ
މިއަދު ކޯޓަށް ހުށަހެޅި މި މައްސަލައިގައި ބުނެފައި ވަނީ ގާނޫ އަސާސީއާ އެއްގޮތަށް ޢަމަލު ކުރުމަށާއި، އޭގައި ބަޔާންވެގެންވާ ޙައްގުތަކާއި މިނިވަންކަމް ޙިމާޔަތްކޮށް، ކުރިއެރުވުމަށް، ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ޙައިސިއްޔަތުން ރައީސްގެ މައްޗަށް ކަނޑައާޅާފައިވާ ވާޖިބު އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށެވެ.
ކޯޓަށް ހުށަހެޅި ރެފަރެންޑަންގެ މައްސަލަ ކުރިއަށް ދާއިރު، އެ ޕާޓީން ވަނީ ރެފަރެންޑަމާ ދެކޮޅަށް އަންނަ މާޗް މަހުގެ 21 ގައި ބޮޑު މުޒާހަރާއެއް ވެސް ބާއްވަން ނިންމައިފައެވެ.
![]()
