ބޭނުންކޮށްފައި ހުންނަ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުނުކުރަން އަންގައިފި

Loading

Facebook
Twitter
WhatsApp

ބޭނުންކޮށްފައި ހުންނަ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދު ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

އެ އޮތޯރޮޓީން މިއަދު ބުނީ ކާބޯތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުން ބޯފެނާއި ލުއި ބުއިންތައް ހުސްކޮށްފައި ހުންނަ ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށް ވިޔަފާރީގައި ބޭނުންކުރަމުންދާކަން ފާހަގަކުރެވިފަައިވާ ކަަމަށެވެ. އަދި ފުޅިތަކަކީ އެއްފަހަރާ ބޭނުންކޮށްފައި އުކާލާ ގޮތަށް ވަކިވައްތަރެއްގެ ޕްލަސްޓިކް (ޕޮލިއެތިލީން ޓެރަތަޔަލޭޓް) އިން ތައްޔާރުކޮށްފައިވާ ފުުޅިތަކެއް ކަމަށް އެމްއެފްޑީއޭ އިން ބުނެފައި ވެއެވެ.

އެމްއެފްޑީއޭ އިން ބުނީ މީގެ ސަބަބުން ފުޅިން ޕްލާސްޓިކްގެ އަސަރު ކާބޯތަކެއްޗަށް ކޮށް އޭގެ ޒަރީއާއިން އިންސާނުންގެ ސިއްހަތަށް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު އޮތް ކަމަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް