ސްޓޮކް މަދުވުމުން 100 ރުފިޔާގެ ނޫޓު އަލުން ޗާޕުކޮށްފި

Loading

Facebook
Twitter
WhatsApp

ދިވެހި ފައިސާގެ ތެރެއިން 100 ރުފިޔާގެ ނޫޓް މަދުވުމާއި ގުޅިގެން އެ ނޫޓު ޗާޕު ކޮށްގެން ގެނެސްފިއެވެ.

އެމްއެމްއޭއިން މިއަދު ބުނީ އެ އޮތޯރިޓީން ނެރެފައިވާ ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 100 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން މިއަދު އައު ސްޓޮކެއް އެ އޮތޯރިޓީއަށް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން އަލަށް ނެރޭ ނޫޓާއެކު މިހާރު ބޭނުންކުރަމުންދާ 100 ރުފިޔާގެ ނޫޓުވެސް ދައުރުވަމުންދާނެ ކަމަށް އެމްއެމްއޭ އިން ބުނެފައި ވެއެވެ. ރަންދިހަ ފަހެއް“ގެ ނަމުގައި އައު ނޫޓު ސީރީޒް ބޭނުންކުރަން ފަށާފައި ވަނީ 2016 ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ

މިގޮތުން އަލަށް ޗާޕު ކުރި 100 ރުފިޔާ ނޫޓުގެ ދެ ފަރާތުގައި ވެސް ދިވެހި ރުފިޔާގެ ނިޝާން ޖަހާފައި ހުންނާނެއެވެ. މީގެ އިތުރުން އެ ނޫޓުތަކުގައި ސޮއިކުރައްވާފައި ވަނީ މަރުކަޒީ ބޭންކުގެ ކުރީގެ ގަވަރުނަރު އަލީ ހާޝިމެވެ. އަދި އެ ނޫޓުތަކުގައި ވާ ތާރީޚަކީ ހަތެއް ޖުލައި 2024، އެކެއް މުހައްރަމް 1446އެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް