ސްޕެއިންގެ ބާސެލޯނާއާއި ކައިރި ހިސާބެއްގައި ރޭލެއް، ޓްރެކްމައްޗަށް ވެއްޓިފައިވާ ފާރެއްގައި ޖެހި، ހިނގި އެކްސީޑެންޓްގައި ރޭލު ދުއްވަން އިން މީހާ މަރުވެފައިވާ ކަމަށް ޚަބަރު ލިބެއެވެ.
ބާސެލޯނާ އާއި 40 ކިލޯމީތަރު ދުރުގައިވާ ގެލީޑާ ކިޔާ ސަހައްދުގައި އަންގާރަދުވަހު އެކްސީޑެންހިނގާފައި މިވަނީ އޭގެ ދެދުވަސްކުރިން އަންދަލޫސިޔާ ކިޔާ ސަރަހައްދުގައި ހިނގި ރޭލު އެކްސީޑެންޓެއްގައި 42 މީހުން މަރުވެފައި ވަނިކޮންނެވެ.
އަންގާރަ ދުވަހުގެ އެކްސީޑެންޓްގައި އެކަކު މަރުވެ 37 މީހުންނަށް އަނިޔާވެފައިވާއިރު އޭގެތެރެއިން ބައެއްމީހުންނަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައިކަމަށް ޚަބަރުތައް ބުނެއެވެ. ޓްރެކްމައްޗަށް ވެއްޓިފައިވާ ފާރެއްގައި ޖެހި އެކްސީޑެންޓް ހިނގި އިރު އެވަގުތު އެސަރަހައްދަށް ވަރަށް މޫސުންވެސް ގޯސްކަމަށް ޚަބަރު ލިބެއެވެ.
ރޭލްވޭ އޮފިޝަލުން ބުނާ ގޮތުގައި ފާރު ވެއްޓިފައިވާކަމަށް ބެލެނީ،ރޭލުއަރާހަމަވިތަނާ ރޭލުގެ ފުރަތަމަ ކެރިއޭޖް މައްޗަށެވެ. އަނިޔާވި ގިނަމީހުން ތިބީވެސް ފުރަތަމަ ކެރިއޭޖްއެވެ.
އަންގާރަ ދުވަހުގެ އެކްސީޑެންޓާ ގުޅިގެން ކެޓަލޯނިޔާގެ މައި ނެޓްވަރކް ވަނީ ބަންދު ކޮށްފައެވެ. އަދި ޓްރެކްތައް ރައްކާތެރިކަމުގެ ޔަގީންކަން ނުލިބެނީސް އަލުން ދަތުރުތައް ނުފަށާނެ ކަމަށް އޮފިޝަލުން ވިދާޅުވެފައި ވެއެވެ.
މިދެ އެކްސީޑެންޓާ ގުޅިގެން ސްޕެއިންގެ ރޭލުދުއްވާ މީހުންގެ ޔޫނިއަނުންވެސް ވަނީ އާންމު ހަޅުތާލަކަށް ގޮވާލާފައެވެ.
![]()
