އީރާނުގައި ކުރިޔަށްދާ މުޒާހަރާތަކާ ދެކޮޅަށް ސަރުކާރުން ހަރުކަށި ރައްދު ދެމުން ގެންދިޔަނަމަވެސް މުޒާހަރާތައް ދަނީ ކުރިޔަށް

Loading

Facebook
Twitter
WhatsApp

އީރާނުގައި ސަރުކާރާ ދެކޮޅަށް ކުރިޔަށްދާ މުޒާގަރާ ތަކުގެ ބައިވެރިންގެ ގަޔަށް ސިފައިން ބަޑިޖަހަމުން ގެންދިޔަނަމަވެސް މަގުތަކުމައްޗަށް ނިކުމެ ޝުއޫރު ފާޅުކުރަމުންދާ މީހުންގެ އަދަދު އަދިވެސް މަދުނުވާކަމަށް ޚަބަރުލިބެއެވެ.

ދެ ހޮސްޕިޓަލަކުން ބީބީސީ އަށް މައުލޫމާތު ދީފައިވާ ގޮތުގައި ފާއިތުވި ދެދުވަހުގެ ތެރޭގައި ސަތޭކައަށް ވުރެ ގިނަ ހަށިގަނޑު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ވީޑިއޯތަކުން ފެންނަ ގޮތުގައި ސަރުކާރުން ގެންދަނީ ރައްދު ހަމަލާތައް އިތުރަށް ވަރުގަދަ ކުރަމުންނެވެ. އަދި ވެރިކަމާ ދެކޮޅަށް ކުރާ މުޒާހަރާތަކުގައި ބައިވެރިވާނީ ކަނލާގެ އަމުރުފުޅާ ޚިލާފްވާ މީހުން ކަމުގައި އެގައުމުގެ އެޓާނީ ޖެނެރަލް ވިދާޅުވެފައިވެއެވެ. މިއީ އިރާނުގައި މަރުގެ ހުކުމް ކަނޑައެޅޭފަދަ ކުށެކެވެ.
އީރާނުގެ މައްސަލަ ގޯހުން ގޯހަށް ދާންފަށާފައި ވަނީ އެމެރިކާއިން މި މައްސަލައިގެ ތެރެޔަށް ވަންނަން މަސައްކަތް ކުރަމުންދާތީއެވެ. މުޒާހަރާތައް ހުއްޓުވަން އެކަށީގެންނުވާ ބާރުގެ ބޭނުންކުރާނަމަ، މުޒާހަރާގެ ބައިވެރިންގެ ދިފާޢުގައި އެމެރިކާއިން އީރާނަށް އަރާނެކަމުގެ އިންޒާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ތަކުރާރުކޮށް ދެއްވަމުންނެވެ.
މިއާއެކު އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާޤިރު ޚަލިބާފް ވިދާޅުވީ މިގޮތަށް އެމެރިކާއިން އީރާނަށް އަރައިފިނަމަ ރައްދުގައި އީރާނުން އެމެރިކާއަށާއި އިޒްރޭލަށް ހަމަލާދިނުމުގެ ގާނޫނީ ހައިސިއްޔަތު ލިބޭނެއެވެ. ހަމަ އެއާއެކު އެ ސަރަހައްދުގައިވާ އެމެރިކާއަދި އިޒްރޭލުގެ އަސްކަރީ އަދި ޝިޕިންގ މަރުކަޒުތަކަށް އީރާނުން ހަމަލާ ދިނުމުގެ މަގު ހުޅުވުނީއެވެ.
އީރާނުގައި ރައްޔިތުން މުޒާހަރާ ކުރަމުން ދަނީ ޑޮލަރުގެ އަގުބޮޑުވެ ތަކެތީގެ އަގުވެސް އިންތިހާއަށް ބޮޑުވެފައިވާތީއެވެ.

އީރާންގައި ތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވެ، އެކަމާ ދެކޮޅަށް މުޒާހަރާތައް ފެށީ މިދިޔަ ޑިސެމްބަރުމަހުގެ ފަހުކޮޅެވެ. އެ މުޒާހަރާތައް މިހާރު އެކި ސަރަޙައްދުތަކަށް ފެތުރިފައިވާއިރު، ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތައް ހިނގައި، ބޮޑެތި ގެއްލުންތައް ދީ، ދުއިސައްތައެއްހާ މީހުން ވަނީ މަރުވެފައެވެ. އީރާނުގެ ރޫޙީ ލީޑަރު، އާޔަތުالله އަލީ ޙާމަނާއީ ވަނީ މުޒާހަރާގެ ބައިވެރިންނަކީ މުދަލަށް ގެއްލުންދޭ ބައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އަނެއްކޮޅުން އީރާންގައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން މުޒާހަރާގެ ބައިވެރިންނަށް އެހީވުމުގެ ނަމުގައި އެމެރިކާއިން އީރާނަށް އަރާފާނެތީ، ޔަހޫދީންގެ ނިރުބަވެރި ދައުލަތް އިޒްރޭލް ތައްޔާރީ ޙާލަތަށް ގެނެސްފައިވާކަމަށް ޚަބަރުލިބެއެވެ. ނަމަވެސް، ޔަހޫދީން ތައްޔާރީ ޙާލަތަށް އައުމުގެ ސީދާ މާނައަކީ ކޮބައިކަން ހާމަ ނުކުރާ ކަމަށް ވެއެވެ.

އެމެރިކާގެ އިންޒާރުތަކާއި ގުޅިގެން، މިދިޔަ ހަފްތާ ބަންދުގައި ޔަހޫދީންގެ ސަލާމަތީ އިސް އޮފިޝަލުންގެ ބައްދަލުވުމެއްގައި އެކަމުގެ މަޝްވަރާތައް ކުރެވުނުކަމަށް، ބައެއް މަސްދަރުތަކާ ޙަވާލާދީ ރޮއިޓަރސް ނޫހުންބުނެފައިވެއެވެ. މީގެއިތުރުން، ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯއާ ފޯނުން ގުޅައި ވެސް، އެކަމުގެ މަޝްވަރާތަކެއް ކުރި ކަމަށް ރޮއިޓަރސް ނޫހުން ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައިވެސް ޔަހޫދީންނާއި އީރާނާ ދެމެދު ހިނގި ކުރިމަތިލުންތަކުގެ ތެރެއަށް އެމެރިކާއިން ވަދެ، ވަނީ އީރާންގެ ނިއުކްލިއަރ މަރުކަޒުތަކަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފައެވެ.

އީރާނުގައި ކުރަމުންދާ މުޒާހަރާތައް މިހާރު ވަނީ ގިނަ ސަރަޙައްދުތަކަށް ފެތުރިފައެވެ. މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް، އީރާންގެ ސަރުކާރުން ވަނީ ގިނަ ސަރަޙައްދުތަކަށް އިންޓަރނެޓުގެ ޚިދުމަތްވެސް ކަނޑާލާފައެވެ.
ކުރިން އީރާނުގެ އަސަކަރިއްޔާއިންވެސް ވަނީ އެމެރިކާއިން މިކަމުގެ ތެރެޔަށް ވަދެފިނަމަ
އީރާނުގެ މަސްލަހަތާއި މުހިންމު ބިނާރާއި ޢާއްމު މުދާ ރައްކާތެރިކޮށްދޭނެ ކަމަށް ބުނެފައެވެ.

އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ޔަހޫދީންނާއި ނިރުބަވެރި ޖަމާޢަތްތަކުން އީރާނުގެ އާއްމު ސަލާމަތަށް ނުރައްކާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ފާހަގަކޮށްފައެވެ. ސަލާމަތީ އެހެން ބާރުތަކާ ގުޅިގެން، އީރާނުގެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ދުޝްމަނުންގެ ޙަރަކާތްތައް ގާތުން ބަލައި އެ ފަދަ ޖަމާޢަތްތަކަށް ފާރަލަމުން ދާނެ ކަމާށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އީރާނުގައި ކުރަމުންދާ މުޒާހަރާތަކަކީ 2023ވަނަ އަހަރުގެ ފަހުން އީރާނުގައި ކުރަމުންދާ އެންމެ ބިޔަ މުޒާހަރާތަކެވެ. އަދި ދުވަހެއް ދުވަހަކަށް މި މުޒާހަރާތައް ދަނީ ވަރުގަދަވަމުންވެ. އަދި މުޒާހަރާތަކުގައި ބައިވެރިވެގެން 28 ޑިސެމްބަރުން ފެށިގެން މިހާތަނަށް 2،500ވަނީ ހައްޔަރުކޮށްފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް