ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ ދެ ދިވެއްސަކު ނިޔާވެއްޖެއެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނީ ރާއްޖެއިން މިއަހަރު ޑިސެންބަރު އަދި ޖަނަވަރީ އުމްރާއަށް ގޮސް އުޅޭ މީހުންގެ ތެރެއިން ދެ މީހަކު ނިޔާވެފައިވާ ކަމަށެވެ. ނިޔާވެފައިވަނީ، ސަފާ ގްރޫޕާއި ހިޖާޒް ގްރޫޕުގެ ދެ ޢުމްރާވެރިންނެވެ. އަދި މިއީ 2 ފިރިހެނުން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިގޮތުން އެ ދެމީހުންގެ ޖަނާޒާގެ ކަންތައްތައްވެސް މިހާރު ފުރިހަމަ ވެފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ
![]()
