މަޙުޝަރުކުރައްވާ ދުވަހަކީ ބިރުވެރިކަމުން ފުރިގެންވާ ދުވަހެއް: ހުތުބާ

Loading

Facebook
Twitter
WhatsApp
މާލޭގެ މިސްކިތެއްގައި ހުކުރު ނަމާދު ކުރަނީ

މަޙުޝަރުކުރައްވާ ދުވަހަކީ ބިރުވެރިކަމުން ފުރިގެންވާ ދުވަހެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.

މިއަދުގެ ހުކުރު ހުތުބާދީފައި ވަނީ ”މާތް ﷲގެ ޙަޟުރަތުގައި ކޮއްޅަށް ތިބޭ ދުވަސް“ މި މައުޟޫޢުގެ މައްޗަށެވެ. މިއަދުގެ ހުތުބާގައި ވަނީ އެ މައުޟޫޢުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުއްވާލައްވާފައެވެ.

ހުތުބާގައި ބުނީ ކޮންމެ އިންސާނަކީ ވެސް މަރުގެ ރަހަ ދެކޭނޭ މީހެއް ކަމަށާއި އެ ދުވަހަށް ތައްޔާރުވުމަކީ ކޮންމެ އިންސާނަކުމެ ކުރާންޖެހޭނޭ ކަމެއް ކަމަށެވެ. ”ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ބޭކާރު ގޮތުގައި، ކުޅިވަރަށްކަމަށާއި، ހަމަކަށަވަރުން، ތިޔަބައިމީހުން ތިމަންރަސްކަލާނގެ حضرةށް رجوعނުކުރައްވާނޭކަމަށް، ތިޔަބައިމީހުން ފަހެ، ހީކުޅައީހެއްޔެވެ؟“ މާތް ﷲ ވަހީ ކުރެއްވި އާޔަތެއްގެ މާނައިގައިވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

”އެންމެހައި މީސްތަކުންނޭވެ! ދުނިޔޭގެ މި އިމްތިޙާނަށް ވުރެ ބޮޑު އިމްތިޙާނެއް ކުރިމަތީގައި އެބަ އޮތެވެ. އެއީ އާޚިރަތް ދުވަހުގެ އިމްތިޙާނެވެ. މި އިމްތިޙާނުގައި ދެވަނަ ފުރުޞަތެއް ނޯންނާނެއެވެ. އެއީ ހުރިހައި އެންމެން ވެސް ކުރިމަތިލާން ޖެހޭނޭ އިމްތިޙާނެކެވެ. ފިރިހެނުންނާއި އަންހެނުންނެވެ. މުއްސަނދީންނާއި ފަޤީރުންނެވެ. ވެރީންނާއި ރައްޔިތުންނެވެ. ފަހެ، އެ ދުވަހުގެ އިމްތިޙާނަށް ޓަކައި ތިބާ ތައްޔާރުވެއްޖައީމުހެއްޔެވެ؟ އެ އިމްތިޙާނުގައި އެހީވެދޭނޭ މީހަކު ވެސް ނުހުންނާނެއެވެ. ބައްޕައަކު ދަރިއަކަށް، އަތްނބަކު ފިރިއަކަށް، ރަޙުމަތްތެރިއަކު ރަޙްމަތްތެރިއަކަށް ވެސް އެހީއެއް ނުވެވޭނެއެވެ. ކޮންމެ މީހަކު ވެސް އުޅޭނީ އެ މީހެއްގެ އަމިއްލަ ނަފުސާ މެދު ކަންބޮޑުވެ ސަލާމަތްނުވެވިގެންނެވެ.“ ހުތުބާގައި ބުނެފައި ވެއެވެ.

”ފަހެ، ގަދަފަދަ އަޑު އަތުވެއްޖެ ހިނދެވެ. (އެއީ) މީހާ އޭނާގެ އަޚާގެ ކިބައިންނާއި، އޭނާގެ މަންމައާއި، ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމީހާއާއި، ދަރީންގެ ކިބައިން ފިލާންދާ ދުވަހެވެ. އެއުރެން ކުރެ ކޮންމެ މީހަކަށް، އެ މީހަކު އަވަދިނެތިކުރާނޭ ކަމެއް އެ ދުވަހުން ވެއެވެ.“ މާތް ﷲ ވަހީކުރެއްވި އާޔަތެއްގެ މާނައިގައިވާކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި ބުނީ ހަމަކަށަވަރުން ޤިޔާމަތް ދުވަހުގެ ބިރުވެރިކަމާއި  ނާމާންކަމުގެ ވާހަކަ ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ސުންނަތުގައި ބަޔާންކޮށްދެއްވައި، އެ ދުވަހާ މެދު އިންޒާރުކުރައްވައިފައިވަނީ އެއިން އަހަރެމެން ޢިބުރަތް ޙާޞިލުކޮށް އެ ދުވަހަށް ތައްޔާރުވުމަށްޓަކައި ކަމަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް