ސައޫދީ އަރަބިއްޔާގައި ފޮނި ބުއިންތަކަށް ނަގާ ޓެކްސް ބޮޑުކޮށްފި

Loading

Facebook
Twitter
WhatsApp

ހަކުރަކީ ސިއްހަތަށް ބޮޑެތި ނުރައްކާތައް ކުރިމަތިކުރުވާ އެއްޗަކަށް ވާއިރު، ސައޫދީއަރަބިއްޔާ ގައި ވިއްކާ، ހަކުރުއަޅާފައިވާ ބުއިންތަކަށް ނަގާ ޓެކްސް މިއަދުން ފެށިގެން ބޮޑުކޮށްފިއެވެ.އެގައުމުގެ ”ޒަކާތު ޓެކްސް އެންޑް ކަސްޓަމްސް އޮތޯރިޓީ“ (ޒަކްޓާ) އިން ހާމަކޮށްފައިވާ ގޮތުގައި ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ފޮނި ބުއިންތަކަށް ނަގާ ޓެކްސް ބޮޑުކުރެވިފައި ވެއެވެ.މިގޮތުން މިފަދަ ބުއިންތައް ހަތަރު ގްރޫޕަކަށް ބަހާލެވި 50 އިންސައްތައިން ޓެކްސް ނަގަން ފަށާއިރު އެންމެ ގިނައިން ހަކުރު އެކުލެވޭ ބާވަތްތަކަށް އެޔަށް ވުރެ މަތިން ޓެކްސް ނެގޭނެއެވެ.


މިއީ އާންމު ސިއްހަތު ރައްކާތެރިކޮށް، ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ހެލްތު އިނީޝިއޭޓިވް ތަކާ އެއްގޮތަށް އެޅި ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެފައި ވެއެވެ. ބުއިން ތަކުގައި ހަކުރު އެކުލެވޭ މިންވަރަށް ބަލާ ޓެކްސް ނިޒާމެއް ކަނޑައަޅާފައިވާއިރު، ޝުގަރ ފްރީ އަދި ވަރަށް މަދުން ހަކުރު އެކުލެވޭ ބުއިންތަކަށް އިސްކަން ދީފައިވެއެވެ.
ސަރުކާރުން މިފަދަ ފިޔަވަޅެއް އަޅަން ނިންމުމުގެ ކުރިން ވަނީ މިފަދަ ބުއިންތައް އުފައްދާ ފަރާތްތަކާ އަދި އިމްޕޯޓް ކުރާ ފަރާތްތަކާ ބައްދަލް ކޮށް ލުއި ތަކެއް ދީފައެވެ. މިގޮތުން އުފެއްދުންތައް ހަކުރު ނުހިމެނޭ ބުއިންތަކަށް ބަދަލުކުރަން ބޭނުންނަމަ އެކަމަށް ބޭނުންވާ މައުލޫމާތު ދީ އަދި ފައިސާގެ އެހީ ފޯރު ކޮށްދީފައި ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް