ރުގްޔާގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި 2 މީހަކު ޖަލަށްލާން ހުކުމްކޮށްފި

Loading

Facebook
Twitter
WhatsApp

ރުގްޔާގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި 2 މީހަކު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ 2020 ވަނަ އަހަރު އެކި ދުވަސް މަތިން، އަންހެނަކާއި އުމުރުން 18 އަހަރު ނުފުރޭ ތިން ކުދިންނަށް ރުގްޔާ ކުރުމުގެ ނަމުގައި ޖިސްމާނީ ހާނިއްކަކޮށް، ޖިންސީ ގޯނާކޮށްފައިވާ މައްސަލާގައި ރ. ކަނދޮޅުދޫ، މިރިހިމާގެ އިސްމާއިލް ވަހީދާއި ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުހައްމަދު އަސީލްގެ މައްޗަށް 12 ދައުވާއެއް ކޮށްފައިވަނީ ޑިސެމްބަރު 30، 2020 ގައި ކަމަށެވެ.

އެގޮތުން ޕީޖީ އޮފީހުން ބުނީ އެ މައްސަލާގައި އެ ދެ މީހުންގެ މައްޗަށް ކުރި ޖުމްލަ 12 ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ހިމެނޭ އަސީލްގެ މައްޗަށް ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާ ހިމެނޭ ގޮތަށް، ކޮށްފައިވާ ހަތް ދައުވާ ވެސް ސާބިތުވާ ކަމަށް ކަނޑައަޅައި 25 އަހަރާއި 10 މަހާއި 24 ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.

މީގެ އިތުރުން މައްސަލައިގައި ދެން ހިމެނޭ، އިސްމާއިލް ވަހީދަށް ކުރި ތަފާތު ފަސް ދައުވާ ސާބިތުވެ، އޭނާ ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ ހަ އަހަރާއި ނުވަ މަހާއި 18 ދުވަހަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް