ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ޖަލުގައި އަވަހާރަވެފައިވާ ކަމަށް އަޑުފެތުރެމުންދާއިރު، ކުރިޔަށް އޮތް އެއްމަސްދުވަހު އިމްރާން ޚާންއާއި އެއްވެސް ފަރާތަކުން ބައްދަލު ނުކުރެވޭނެ ކަމަށް ޕާކިސްތާން ސަރުކާރުން އަންގައިފިއެވެ.
އިމްރާން ޚާން ޖަލުގައި އަވަހާރަވެފައިވާ ކަމަށާ އަދި ހަށިގަނޑު ސިއްރުން ޖަލުން ނެރެގެން ގެންދިޔަތަން ދުށް ބަޔަކުވެސް އެބަތިބިކަމަށް ސޯޝަލްމީޑިޔާ ގައި އަޑުފެތުރެމުން ދިއުމާއިއެކު ރާވަލްޕިންޑީގެ ޖަލުގެ ބޭރަށް ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްވުމާއި ގުޅިގެން ފުލުހުން ވަނީ ނުބައްދަލް ބާރު ބޭނުންކޮށް އާންމުންނަށް އަނިޔާ ކޮށްފައެވެ.
އިމްރާން ޚާންގެ އެއްބަނޑު ތިން އަންހެން ބޭފުޅުންވެސް ވަނީ އިމްރާންއާއި ބައްދަލް ކޮށް ދިނުމަށް އެދި ޖަލުގެ ބޭރުގައި އިހުތިޖާޖް ކުރައްވާފައެވެ.އެބޭފުޅުން ވިދާޅުވެފައިވަނީ އެތަނުގައި ތިއްބާ ފުލުހުން ފުރަތަމަ އެމަގުގެ ބޮކިތައް ނިއްވާލި ކަމުގައެވެ. އަދި އިސްތަށިގަނޑުގަ ހިފާ ދަމާފަ ގެންދިއުންފަދަ ބޮޑެތި އަނިޔާތައް އެބޭފުޅުންނަށްވެސް ކޮށްފައިވާކަމަށް ވިދާޅުވެފައި ވެއެވެ. އަދި ފާއިތުވި ތިންހަފްތާގައިވެސް އާއިލާއަށް އިމްރާންއާއި ބައްދަލް ކޮށްދީފައިނުވާކަމަށް އެއާއިލާއިން ބުނެފައި ވެއެވެ.
ކޮރަޕްޝަންގެ އެތައް ދައުވާއެއްކޮށް އިމްރާން ޖަލަށްލާފައިވަނީ 2023ވަނަ އަހަރުގެ އޮގަސްޓްމަހުއެވެ. އިމްރާންގެ މައްޗަށް ސަތޭކައެއްހާ މައްސަލައިގައި ދައުވާއުފުލާފައިވާއިރު އިމްރާން ޚާން ވިދާޅުވީ އެއީ ސިޔާސީ މަގްސަދެއްގައި ކުރެވޭ ތަހްގީގްތަކެއް ކަމުގައެވެ. މިހާތަނަށް ބަލާ ނިމުނު މައްސަލަ ތަކުގައި އިމްރާންގެ މައްޗަށް 14 އަހަރުގެ ޖަލުހުކުމް އިއްވާފައިވެއެވެ.
އިމްރާން ޚާންގެ ޕާޓީ ޕީޓީއައި ގެ ނެޝަނަލް ޕްރޮވިންޝަލް އެސެމްބްލީ އަދި ސެނެޓުން ބުދަދުވަހު ބުނެފައިވާ ގޮތުގައި އިސްލާމް އާބާދުގައި ހުންނަ ހައިކޯޓު އަދި ރާވަލްޕިންޑީގައިހުންނަ، އިމްރާން ލާފައި ހުރި އަޑިއާލާ ޖަލުގެ ބޭރުގައި ހިމޭން އިހްތިޖާޖް ތަކެއް ކުރަން ވަނީ ނިންމާފައެވެ. އަދި އާންމު ސަޕޯޓަރުންގެ އިތުރުން ނެޝަނަލް އަދި ޕްރޮވިންޝަލް އެސެމްބްލީ ގެ ޕީޓީއައިގެ މެމްބަރުންވެސް މިއެއްވުން ތަކުގައި ބައިވެރިވުމަށް ޕާޓީގެ އިސްވެރިން ދަނީ ގޮވާލަމުންނެވެ.
ޕީޓީ އައި ސަޕޯޓަރުން އެއްވާންފަށާފައިވަނީ މިދިޔައަހަރުގެ ނޮވެމްބަރުމަހުގެ 26ވަނަ ދުވަހު ފުލުހުން ބަޑިޖެހުމުގެ ސަބަބުން ޕީޓީއައިގެ ސަޕޯޓަރުންތަކެއް މަރުވި ހާދިސާ އަށް އެއްއަހަރުފުރުން ފާހަގަކުރުމުގެ ގޮތުންނެވެ.
![]()
