ނޮވެމްބަރު 18ވަނަ ދުވަހު އެލަސްކާއަށް އިރުއޮއްސުނު ގޮތަށް ދެން އިރުއަރާނީ ޖެނުއަރީ 23 ގައި!!   

Loading

November 26, 2025
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

އެމެރިކާގެ އެންމެ ހުޅަގު އުތުރު ސްޓޭޓްގެ ގޮތުގައި އޮންނަ އެލަސްކާ އަށް މިވަގުތުވަނީ 66 ދުވަހުގެ ދިގު ރޭގަނޑެއް އައިސްފައެވެ. ނޮވެމްބަރު 18ވަނަ ދުވަހު އެލަސްކާއަށް އިރުއޮއްސުނު ގޮތަށް ދެން އިރުއަރާނީ  ޖެނުއަރީ 23 ގައިކަމަށް ވެއެވެ. މީގެ މާނަޔަކީ 66 ދުވަސް ވަންދެން އެލަސްކާ އޮންނާނީ އަނދިރި ކަމުގެތެރޭގައެވެ.

މިއީ ”ޕޯލާ ނައިޓްސް“ގެ ނަމުން ނަންދީފައިވާ ގުދްރަތީ ބަދަލެއްގެ ސަބަބުން ކުރިމަތިވާ ކަމެކެވެ.

”ޕޯލާ ނައިޓްސް“ ކުރިމަތިވަނީ ދުނިޔެ އެނބުރެމުންދާއިރު ”އާކްޓިކް ސަރކަލް“ ސަރަހައްދަށް ކަނޑުގެ ލޮނުގަނޑުން މައްޗަށް އިރު ނުފެންނަ ގޮތް މެދުވެރިވުމުންނެވެ.މިހެންދިމާވަނީ ފިނި މޫސުމުގެ މުއްދަތުގައެވެ.

”ޕޯލާ ނައިޓްސް“ ތެރޭ މުޅިން އެއްކޮން އަނދިރި ނުވާކަމަށްވެއެވެ. އަދި ޒާތެއްގެ ހަނދުވަރެއް ދީފައި އޮންނަކަމަށް ވެއެވެ.

”ޕޯލާ ނައިޓްސް“ކުރިމަތިވުމުން އިރުގެ އަލިކަން ނުލިބި އެހާގިނަދުވަސް ވާތީ އާންމުކޮށް މީހުންގެ ”މޫޑަށް“ ނޭދެވޭ އަސަރުތައް ކުރާ ކަމަށް ވެއެވެ. އަދި ސަރުކާރުންވެސް ވަނީ ކަންތައް ތަކެއް ހަމަޖައްސާދީފައެވެ. މިގޮތުން މިދުވަސް ތަކުގައި ވަޒީފާ އަށް ނިކުތުން މަޖްބޫރު ނޫން ކަމަށް ވެއެވެ.

އިރުނުފެނި އެހާ ގިނަ ދުވަސް ވާތީ އެކަމުން ދަތިތަކެއް ލިބުނު ނަމަވެސް ”ޕޯލާ ނައިޓްސް“ ކުރިމަތިވުމުން ގުދްރަތީ އަޖައިބުތައް ފަދަ ރީތި މަންޒަރުތައް އެތަނުން ފެންނަމުން ދާކަމަށް ވެއެވެ.

އެލަސްކާގެ ހަމަ މިހިސާބަށް މޭމަހުގެ މެދުތެރެއިން ފެށިގެން އޮގަސްޓްމަހުގެ މެދުތެރެޔާ ހަމަޔަށް އިރު އެއްގޮތަކަށްވެސް ނުއޮއްސޭ ކަމަށް ވެއެވެ. މިއީ ”މިޑްނައިޓް ސަން“ ގެ ނަމުން ނަންދީފައިވާ ”ފިނޯމިނަން“ އެއްގެ ސަބަބުން ކުރިމަތިވާ ކަމެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް