ސައޫދީ ވަލީއަޙްދުގެ އަނބިކަނބަލުން ސާރާ ބިންތު މަޝްހޫރު، ސައޫދީ އަރޭބިޔާގައި ޓައިޕްވަން ޑައެބެޓިސް ޖެހިފައިވާ ކުދިންނަށް އެހީވާ ފަންޑަށް 10މިލިއަން ސައޫދީ ރިޔާލަ ހަދިޔާ ކުރައްވައިފި އެވެ.
ކޮންމެ އަހަރެއްގެވެސް ނޮވެމަބަރުމަހުގެ 14 ވަނަ ދުވަސް ފާހަގަކުރަނީ ވަރލްޑް ޑައެބެޓިސްޑޭ ގެ ގޮތުގައެވެ. އެދުވަހުގެ ހަރަކާތްތަކުގެ ތެރޭން ވަލީއަޙްދުގެ އަނބިކަނބަލުން ސާރާ ހަދިޔާކުރެއްވި ފައިސާ ބޭނުން ކުރެވޭނީ ހަކުރުބަލި ޖެހިފައިވާ ކުދިންނަށް އެންމެ ފަހުގެ ފަރުވާ ފޯރުކޮށްދިނުމަށާ،އެކުދިންނަށް ދިރިއުޅުމުގައި ދިމާވެފައިވާ އެކިއެކި ދަތިތައް ފިލުވާދިނުމަށާއި އަދި އެ އާއިލާތަކަށް އެހީތެރިވެދިނުމަށެވެ.
އެކަމަނާ ވަނީ މީގެ ކުރިންވެސް ހިއުމެނިޓޭރިއަން އެހީގެ ގޮތުން، މުޖްތަމައުގައި ހިމެނޭ،އެހީތެރިކަން ބޭނުންވާ ގްރޫޕަތަކަށް އެހީތެރިވެދެއްވާފައެވެ.
އެންމެ ފަހުން ވެދެއްވިއެހީ ބަލައިގެންފައިވަނީ މިނިސްޓަރ އޮފް ހެލްތު ފަހްދް އަލް ޖަލާޖެލް އެވެ. މިބައްދަލްވުމުގައި މިނިސްޓަރުވަނީ އެކަމަނާ ވެދެއްވަމުން ގެންދަވާ މިފަދަ ދީލަތި އެހީތަކަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި މިއެހީގެ ސަބަބުން ކުދިންގެ ހެލްތުކެއާގެ ކަންކަން ރަނގަޅުކޮށް އަދި ކޮމިޔުނިޓީ ޕާޓްނަޝިޕް ގެ ކަންކަން ހަރުދަނާ ކުރުމަށް ވަރަށް ބޮޑުއެހީއަކަށް ވާނެކަމަށް ވިދާޅުވިއެވެ
![]()
