އަހަރެންނަކީ އެންމެ ބޮޑު ހޮސްޕިޓަލުގައި ވަޒީފާ އަދާކުރަމުންދާ ނަރުހަކީމެވެ. އެއްދުވަހަކު ޑިއުޓީ ނިމޭގަޑިޖެހޭތީ އަވަސް އަވަހަށް މަސައްކަތް ނިންމާލަން އުޅެމުން ފޯނަށް ބަލާލި އިރު ދަރިފުޅު ހަނާގެ 13 މިސްކޯލް އިންތަން ފެނުނެވެ.
.އަހަރެން އަވަހަށް ދަރިފުޅަށް ގުޅުމުން ތުރުތުރު އަޅާ އަޑަކުން އޭނަބުނީ އޭނަގެ ތަޅުދަނޑި މަސައްކަތް ނުކުރާ ކަމަށާ ގެޔަށް ނުވަދެވުނު ކަމަށެވެ. އަދި ހަނާއާއި މަންމަ މިހާރު އެގޭގައި ނޫޅޭ ކަމަށް މާމަ ބުނި ކަމަށް ހަނާ ކިޔާދިނެވެ. އަހަރެންގެ ހިތް ބަނޑަށް ވެއްޓުނެވެ. އެގާރަ އަހަރުގެ ކުޑަކުއްޖަކު،ވާރޭވެސް ވެހެމުން ދިޔަ ވަގުތެއްގައި ގެޔަށް ނުވަދެވިފަ ހަތަރުގަޑިއިރު ބޭރުގަ ހުރިއިރު އެކަކުވެސް ގެޔަށް ނުވެއްދިތާ އަޅާވެސް ނުލީތީއެވެ.
އަހަރެން ޑިއުޓީ ނިމެންދެންވެސް މަޑުނުކޮށް ސުޕަވައިޒަރު ކައިރީ ބުނެފައި އަވަސް އަވަހަށް ކާރަށް އަރައިގެން ގެޔަށް ދިޔައިރު ހަނާއިނީ ދޭދޮރުބުޑުގައި އިށީދެގެންނެވެ. އަހަރެން ދިޔަގޮތަށް ގޮސް ބައްދާލުމުން އޭނަ ރޯން ފެށިއެވެ.އެވަގުތު އަހަރެންގެ މަންމަ އެތެރޭން ދޮރު ހުޅާލުމަށްފަހު އަހަރެން ފެނިގެން މާހައިރާންވެގެން ކަމަށް ހަދާފަ ބުންޏެވެ.“ކަލޭ ހާދަ އަވަހަކަށް އައީއެވެ.“ މިއަށް އަހަރެން އެއްޗެއް ނުބުނަމެވެ.
ކަންތައް ވީގޮތް އޮޅުން ފިލުވުމުން އަހަރެންނަށް އިގުނީ މަންމަ ގޭގެ ދޮރުގެ ތަޅު ބަދަލު ކޮށްފައިވާކަމެވެ.އަހަރެންނާއި އަހަރެންގެ އެގާރަ އަހަރުގެ ދަރިފުޅު ނުވައްދަން ކަމަށް ވެއެވެ. އެހެން ހެދީ ކީއްވެގެންތޯ އަހަރެން ސުވާލުކުރުމުން މަންމަ ބުނީ ”ކަލޭމެން ދެން މިގޭގެ ނޫޅޭނެ ކަމަށް އަހަރުން ނިންމީއެވެ.“ މިހެންނެވެ.
”އަހަރުމެންނަކީ“ ކޮބާތޯ ބުނުމުން މަންމަ ބުނީ އޭނަޔާ އޭނަގެ ދޮށީދަރިފުޅު މެލިއްސާކަމުގައެވެ.މެލިއްސާއަކީ މަންމަޔަށް އެހެން މީހަކަށް ލިބިފަ ހުންނަ ދަރިއެކެވެ.
އެހާހަމައިން އަހަރެން ބުނީމެވެ. އެންމެ ރަގަޅެވެ.މހެން ކިޔާފަ ހަނާގެ އަތުގައި ހިފައިގެން ކާރާދިމާލަށް ހިނގައިގަތީމެވެ.
ދެން އައި ތިންދުވަހު އަހަރެން މަސައްކަތް ކުރީ ދަރިފުޅު ހަމަޔަކަށް އެޅުވުމަށެ
ވެ. ވަގުތީގޮތުން ތިބޭނެ ތަނެއް ހޯދާ،ހަނާއަށް މީރު ކެއުންތައް ތައްޔާރު ކޮށްދިނީމެވެ.އަދި ގެޔެއް އަދި ހުއްޓަކަސް ގޭގެ ފާރުތަކުން ރައްކާތެރިކަމުގެ އިހުސާސް ނުގެނުވާނެ ކަމަށް އަހަރެން ބުނީމެވެ.އެއިހުސާސް ދޭނީ ގޭގަ އުޅޭ މީހުންގެ ފުށުން ލިބޭ ލޯތްބާއި އަޅާލުމުން ކަމަށް ކިޔާދިނީމެވެ.
މިހެން ބުނުމުން އޭނަ ބުނީ މާމަ އޭނަދެކެ ލޯބިނުވަނީ ކީއްވެގެން ތޯއެވެ. މީގެ ޖަވާބުގައި ބުނާނެ އެއްޗެއް އަހަރެންނަކަށް ނޭގުނެވެ. މަޑުމަޑުން ގައިގަ ތަޅާލަތަޅާލާ ކައިރީގައި އޮއްވާ ހަނާއަށް ނިދިއްޖެއެވެ.
އަހަރެންގެ ޕްލޭން ކުރިޔަށް ގެންދިޔައީ ވަރަށް ވިސްނުންތެރިކަމާއެކީގައެވެ. އަހަރެންގެ ވަކީލުގެ ލަފަޔާ އެހީތެރިކަމާއެކު ރަނގަޅު ޗެނެލުންނެވެ.
ހަފްތާއެއްހާދުވަސްފަހުން މަންމަ އަށް ދިޔައީ ސިޓީއެކެވެ.ކޮންމެހެން ބަދަލު ހިފުމުގެ ސިޓީ އެއްނޫނެވެ. ކަންތައް އޮތްގޮތް ސާފު ކޮށްދީފައެވެ.އަދި އަހަރެންނާއި އަހަރެންގެ ދަރިފުޅު ހުންނާނެ ތަނެއް ކަނޑައަޅާނީ އަހަރެން އަމިއްލަޔަށް ކަމަށް ބުނެދީފައެވެ.
ސިޓީ ލިބުމުން މަންމަ އަހަރެންނަށް ގުޅިއެވެ.އަދި އޯގާތެރި އަޑެއް ނެރެގެން ވާހަކަ ދެއްކިއެވެ. ހަނާއާއި މެދު ކަންތައް ކުރެވުނީ ރަގަޅަށް ނޫން ކަމަށް އެއްބަސް ވިއެވެ.
އަހަރެން މަންމަޔަށް ގޯސް ގޮތެއް އެދެނީކީ ނޫނެވެ. ބައެއްފަހަރު ދޮރު މަޑުމަޑުންވެސް ލައްޕާލަން ޖެހޭނެއެވެ. އެގޮތުން މަންމަޔާއި އަހަރެންނާއި ދެމެދުގައިވާ ދޮރު މަޑުމަޑުން ލައްޕާލީއެވެ. މަންމަގެ އަމަލުތައް އަހަރެންނާއި މެދު ހުންނަ ގޮތުންނެވެ.
ސިޓީގައި ވަކީލު ލިޔެފައިވަނީ އަހަރެންނާއި އަހަރެންގެ ދަރިފުޅު ނުވައްދާ ތަޅު ބަދަލުކުރި ގެޔަކީ ހަގީގަތުގައި އަހަރެންގެ ގެޔެއް ކަމުގައެވެ. އެހެން ކަމުން ކުރިޔަށް އޮތް 24 ގަޑިއިރު ތެރޭގައި އަމިއްލަ އެއްޗެއް ހުރިނަމަ ހިފައިގެން އެގޭން ނިކުތުމަށް އަންގާފައި ވެއެވެ.
އެގެޔަކީ ބައްޕަ މަރުމަތީގައި އަހަރެންނަށް ހިބަކޮށްދީފައިވާ ގެޔެއްކަން މަންމަޔަށް ނޭނގިއޮތީ ކަމަށް ވެދާނެއެވެ. އެހެން ކަމުން ބައްޕަ މަރުވުމުން އަވަހަށް އަމިއްލަޔަށް ގެޔަށް ވެރިވެ ގަތީއެވެ.
ބައްޕަޔަކީ ވަރަށް ރަނގަޅު، މީހުންނަށްވެސް ވަރަށް ހެޔޮ މީހެކެވެ. އަހަރެންނަކީ ބައްޕަގެ އެންމެ ދޮށީދަރި ކަމުން ބައްޕަ އަހަރެންނާމެދު ޚާއްސަ ލޯތްބެއް ހުރެއެވެ.މިކަމާ މަންމަ ހުންނަނީ ނުރުހިފައެވެ.އެހެން ކަމުން ފެށުނީއްސުރެވެސް މަންމަ ހުންނަނީ މެލިއްސާއާއި އޭނަގެ ދެކުދިންވެސް އަހަރުންގެ ގެޔަށް ގެނެވޭނެ ގޮތަކަށް ބަލަބަލައެވެ. މިކަމާ ބައްޕަ އެހާ ހިތްހަމައެއް ނުޖެހެއެވެ. އެހެން ކަމުން މަންމަގެ ހުރިހާކަމެއް ބައްޕަ ދިޔައީ ބަލިވެ އޮވެވެސް ގާތުން ބަލަމުންނެވެ.
ކުއްލި ބައްޔެއްގައި ބައްޕަ އެނދުމަތިވީ ދުވަހު އަހަރެން ވަރަށް ރުއީމެވެ. ގައިގެ އެއްފަޅި ވާގި ނެތިފައި ވުމާއެކު ޚާއްސަފަރުވާއަށް ބޭނުންވި ދުވަހު އަހަރެންނަށް ބައްޕަޔަށް ޚިދުމަތް ކުރާނެ ފުރުސަތު ލިބުނެވެ.އަހަރެންނަކީ ނަރުހަކަށް ވާތީއެވެ. މިކަން އަހަރެން ކުރީ ވަރަށް ލޯތްބާއި ފަރުވާތެރިކަމާއި އެކުއެވެ.
ބައްޕަ މަރުވިއިރު ވަނީ ވަސިއްޔަތެއްވެސް ލިޔެ ތައްޔާރު ކޮށްފައެވެ. މިކަމެއް މަށަކަށްވެސް މަންމަޔަކަށްވެސް ނޭގެއެވެ. ފަހުން ވަކީލު ބުނި ގޮތުގައި ފެމިލީ ހައުސް ނުވަތަ އާއިލީ ގެ ވާންޖެހޭނީ އަހަރެންގެއެކަނި ތަނަކަށް ކަމަށް ބައްޕަ އެތައް ފަހަރަކު ބުނެފައި ވެއެވެ.
ބައްޕަ މަރުވިތާ މަހެއްވެސް ނުވަނީސް ބައްޕަގެ ހުރިހާއަސަރެއް މަންމަ ގެއިން ފޮހެލައިފިއެވެ. ފޮޓޯއެއްހާހިސާބުވެސް ނުބަހައްޓައެވެ. ބައްޕައާއި މަންމަ ނިދި ބޮޑު ކޮޓަރި ތައްޔާރުކުރީ މެލިއްސާ އަށެވެ. މަންމަ އެހެން ކޮޓަރިއަކަށް ބަދަލުވެފައެވެ. މެލިއްސާގެ ކުދިންނަށް ހަމަޖެއްސީ ހަނާގެ ކޮޓަރިއެވެ. ހަނާޔަށް އަހަރެންގެ ކޮޓަރީގައި ނިދޭނެ ކަމަށް ބުނެފައެވެ. މިއިން އެއްވެސް ކަމަކަށް އަހަރެން އެއްޗެއް ނުބުނަމެވެ. މެލިއްސާގެޔަށް އައުމާމެދުވެސް އަހަރެން ދެކޮޅެއް ނުހަދަމެވެ. ނަމަވެސް މަގޭކުޑަ ދަރިފުޅު ވާރެޔާ ތެމިފައިވާ ހާލު ގޭން ބޭރުގައި ބެހެއްޓިދުވަހު ކަންތައް ކުރަންވީ ގޮތް އަހަރެންނަށް ޔަގީން ވިއެވެ.
އަނެއް ދުވަހު ވަރަށް އެއްޗެތިކިޔާ ހަޅޭއްލަވަމުން މަންމަ އާއި މެލިއްސާ އެގޭން ދިޔައެވެ. އެއީ އޭނަގެ ގެޔެއް ކަމަށާ އަހަރެން ދޮގުހަދަނީ ކަމަށް ގޮވިއެވެ. އަހަރެން ހަމަ އެކައްޗެކޭވެސް ނުބުނަމެވެ. ވަކީލު ފައިލްތައް ހިފައިގެން އަހަރެންނާއި އެކު ހުއްޓެވެ.
މަންމަ ދިޔައީ މެލިއްސާގެ ދެމަފިރިން އުޅުނު ގެޔަށެވެ. އެމީހުން އުޅުނީ ކުޑަމަރާމާތެއް ކޮށްލާފަ އެގެ ކުއްޔަށް ދޭށެވެ. ނަމަވެސް ކަންތައް ދިމާވީ ކުއްޔަށް ދެވޭ ގޮތަކަށް ނޫނެވެ.ދުވަސްކޮޅެއް ނުވެ އެގޭގަވެސް ޖަގަޑާ ހަދާފަ ހަޅޭއްލަވަމުން މަންމަ ނިކުތް ހަބަރު ލިބުނެވެ.
ބައެއް މަންމައިންނަށް ދަރިންގެ ލޯބި އެންމެ ބޭނުންވާ ދުވަހު ހުރިހާ ކޮޅަކުން ކޮޅުކެހި ލިބޭތަންވެސް އާދެއެވެ.
![]()
