ފައިދާދެނިވި ކަންކަމުގައި ދެމިހުރުމުގެ ފައިދާ

Loading

Facebook
Twitter
WhatsApp

ރަންގަޅު ކަންތައް ކުރުމަށް ވަަރަށް ގިނަ މީހުން ފަށައެވެ. ނަމަވެސް ފައިސާގެ ދަތިކަމުން ނުވަތަ ވަގުތުގެ ދަތިކަމުން ނުވަތަ އެހެންވެސް ސަބަބަކާހުރެ އެކަން ނުކޮށް މަޑު ޖައްސާލައެވެ. އަދި ބައެއްފަހަރަށް ކަމަކަށް ބޭނުންވާ ޖުމުލަ ފައިސާ އަތުގައި ނެތިގެން ބައެއް މީހުން ރަނގަޅު ކަންތައް ނުފައްޓައި ނުވަތަ ނުކޮށް ހުއްޓާލައެވެ. މިސާލަކަށް ވިޔަފާރިއެއް ކުރުމަށް ފަށައިގަތުން ނުވަތަ ބޯހިޔާވެހިކަމަކަށް ފަށައިގަތުން ނުވަތަ ޢިލްމެއް އުނގެނުމަށް ފަށައިގަތުން ނުވަތަ ޖަމުޢިއްޔާއެއް ނުވަތަ ޖަމާޢަތެއް އުފެއްދުމަށް ފެށައިގަތުންފަދަ ހެޔޮ އަމަލަކެވެ.

ނަތީޖާއަކަށްވަނީ ފައިސާ ނެތްކަމަށްބުނެ ގިނަ ފަހަރަށް އެކަމެއް ނުފެށުމެވެ. ނުވަތަ ފެށުމަށްފަހު މެދުތެރެއަކުން އެކަމެއް ދޫކޮށްލުމެވެ.


ހަގީގަތަކީ ކޮންމެ ކަމެއް ވެސް ކާމިޔާބު ވަނީ ދެކަމެއް އެކަމުގެ އުފެދުމުންނެވެ.


ފުރަތަމަ ކަމަކީ: އެކަމެއް ފަށައި ގަތުމެވެ.


ދެވަނަކަމަކީ: ކުޅަދާނަވީ މިންވަރަކުން އެކަމެއްގައި ދެމިހުރުމެވެ.
ކަމެއްގައި ދެމިހުރުމުގެ ފައިދާ:


ހ- ކަމެއްގައި ދެމިހުރުމުން ހުނަރުތައް ފުރިހަމަކުރުމާއި، ޤާބިލުކަން ތަރައްޤީކުރުމާއި، ތަޖުރިބާ އިތުރުކުރުމުގެ ފުރުޞަތު ލިބިގެންދެއެވެ.
ށ- ކަމެއްގައި ދެމިހުރުމުގެ ސަބަބުން އަސާސީ ބޭނުންތައް ފުއްދައި ދިނުމަށާއި އަމިއްލަ މަސްލަޙަތުތައް ޙާސިލްކުރުމަށް މެދުނުކެނޑޭ މަސްދަރެއް ލިބިގެންދެއެވެ.
ނ- ކަމެއްގައި ދެމިހުރުމަކީ އަމިއްލަ ނަފުސަށް އިތުބާރު އުފެއްދުމާއި ޝަޚުޞިއްޔަތު ވަރުގަދަ ކުރުމަށް އެހީތެރިވެދީ، ހަނދާން ރަނގަޅު ކުރުމާއި ހާސްކަން ކުޑަކުރުމަށް މަގުފަހި ކޮށްދޭ ކަމެކެވެ.
ރ- ރަނގަޅު ކަމެއްގައި ދެމިހުރުމަކީ ޖުމްލަގޮތެއްގައި ނަފްސާނީ އަދި ޖިސްމާނީ ސިއްޙަތު ރަނގަޅުކޮށްދޭ ކަމެކެވެ.
ރ- މެދުނުކެނޑި މަސައްކަތް ކުރުމަކީ އިގްތިސާދު ކުރިއެރުމާއި ތަނަވަސް ކަމަށް މަގުފަހިވުމަށް އެހީތެރިވެދޭ ކަމެކެވެ.
ބ- ކަމެއްގައި ދެމިހުރުމަކީ އެކި ދާއިރާތަކުން ތަރައްގީއާއި ކުރިއެރުމަށް ފުރުސަތު ފަހިވާކަމެކެވެ.
ޅ- ރަނގަޅު ކަމެއްގައި ދެމިހުރުމަކީ އިޖުތިމާއީ ރައްކާތެރިކަން ހަރުދަނާކޮށް، ވަޒީފާ ނެތުމާ ގުޅުންހުރި މައްސަލަތައް މަދުކުރުމަށް އެހީތެރިވެދޭ ކަމެކެވެ.
ކ- މެދުނުކެނޑި ރަނގަޅު ޢަމަލުތައް ކުރުމަކީ މާތްالله ގެ ލޯތްބާއި ސުވަރުގެއަށް ވަނުމުގެ ސަބަބެއްގެ ގޮތުގައި ބެލެވެއެވެ.
ވީމާ ﷲއަށް ވަކީލު ކުރުމާއެކު ހިތްމަތާއި މިންނަތުގެ ތެރެއަށް ކޮންމެ ރަނގަޅު ކަމެއްގައި ދާއިމުވެ ސާބިތުވެ ހުރުމަކީ ތިމާ ކާމިޔާބުވުމުގެ ސިއްރުކަން ދަންނާށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް