އިއްޔެ އެކަނިވެސް އިސްރާއީލުން ޣައްޒާގައި ފަލަސްތީނުގެ 41 މީހުން ޝަހީދުކޮށްލާފައިވޭ

Loading

Facebook
Twitter
WhatsApp
Palestinian death toll in Gaza passes 64,000

އިއްޔެ އެކަނިވެސް ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލު ސިފައިން ދިން ހަަމަލާތަކުގައި 41 މީހުން ޝަހީދުކޮށްލާފައިވާކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ އިސްރާއީލު ސިފައިން ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވެފައިވާ 41 މީހެއްގެ ހަށިގަނޑު އިއްޔެ އެކަނިވެސް ޣައްޒާގެ ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި 184 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން 2023 ވަަނަ އަހަރު ނަސްލު ނައްތާލުމުގެ އެ އުދުވާން ފެށިފަހުން އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވީ މީހުންގެ އަދަދު 64،656 އަށް އަރާފައިވާއިރު، 163،503 މީހުން ވަނީ ޒަޚަމްވެފަ އެވެ.

”2025 ވަނަ އަހަރުގެ މާރިޗު މަހުގެ 18 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 12،098 މީހުން ޝަހީދުވެ، 51،462 މީހުން ވަނީ ޒަހަމްވެފައި“ އެ މިނިސްޓްރީން ބުނެފައި ވެއެވެ.

މީގެ އިތުރުން ފަލަސްތީނަށް ދެމުން އަންނަ ހަަމަލާތަކުގައި އެތައް ހާސް ބަޔަކު އަދިވެސް އިމާރާތްތަކުގެ ގާ ކުނޑިތަކުގެ ދަށުވެފައިވާ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ އެހީ ފޯރުކޮށްދޭ މަރުކަޒުތަކުގައި 12 މީހުން ޝަހީދުވެ 30 މީހުން ޒަޚަމްވެ، އެ މަރުކަޒުތަކުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު ވަނީ 2،456 އަށް އަރާފައެވެ އަދި ޒަހަމްވީ މީހުންގެ އަދަދު ވަނީ 17،861 އަށް އަރާފައި ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ހާމަކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް