ހައިވޭގައި ލޮރީއެއް ފުރޮޅާލައިފި

Loading

September 5, 2025
profile
Facebook
Twitter
WhatsApp
Oplus_16908288

ސިނަމާލެ ބްރިޖް ހައިވޭގައި މިއަދު ލޮރީއެއް ފުރޮޅާލައިފިއެވެ.

ފުލުހުން ބުނީ، މި ހާދިސާ ހިނގާފައިވަނީ ލޮރީގެ ފުރޮޅު ފަޅައިގެންގޮސް ޑިވައިޑަރގައި ޖެހިގެން ކަމަށެވެ.

މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 12.40ގައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށާއި، ނަމަވެސް ޕިކަޕަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ.

އަދި މި އެކްސިޑެންޓުގައި އެ ޕިކަޕު، ކާރެއްގައިވެސް ޖެހުނު ކަމަށާއި، ނަމަވެސް އެ ކާރަށް މާބޮޑު ގެއްލުމެއް ނުލިބޭ ކަމަށެވެ.

މި ހާދިސާގައި ލޮރީ ދުއްވާފައިވަނީ ސްޕީޑު ލިމިޓަށްވުރެ ބާރަށް ކަމަށްވާތީ، ދުއްވި މީހާއަށް މިހާރު ވަނީ ފިޔަވަޅު އަޅާފައި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް