މެލޭޝިއާ އިން މިއަހަރުގެ މެދާއި ހަމައަށް 3.29 ބިލިއަން ރިންގިޓްގެ އޭއައި އިންވެސްޓްމަންޓްސް ހޯދައިފި

Loading

August 18, 2025
profile
Facebook
Twitter
WhatsApp

މެލޭޝިއާ ސަރުކާރުގެ ”ޑިޖިޓަލް މެލޭޝިއާ“ އިސްނެގުމުގެ ދަށުން މިއަހަރުގެ ޖޫން މަހާއި ހަމައަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާއަށް 3.29 ބިލިއަން ރިންގިޓްގެ އިންވެސްޓްމަންޓް މެލޭޝިޔާއިން ރެކޯޑްކޮށްފިއެވެ.

މި އިންވެސްޓްމަންޓްތަކުގެ ސަބަބުން 6،920 އާއި ގާތްކުރަ އަދަދަކަށް ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެކަމަށް މެލޭޝިއާގެ ޑިޖިޓަލް މިނިސްޓަރު ގޯބިންދު ސިންގް ޑިއޯ ވަނީ ވިދާޅުވެފައެވެ.

ގޯބިންދް ވިދާޅުވީ އިންވެސްޓްމަންޓްތައް ލިބުމާއެކު ސަރަހައްދީ އޭއައި ހަބެއްގެ ގޮތުގައި މެލޭޝިއާއަށް ވަރުގަދަ އިތުބާރެއް ލިބިފައިވާ ކަމަށާއި، މިއީ ދުނިޔޭގެ ޑިޖިޓަލް އިގްތިޞާދުގެ ތެރޭގައި އެގައުމުގެ ދައުރުވެސް ވަރުގަދަކޮށްދީފައިވާ ކަމެއް ކަމަށެވެ. އަދި އޭއައިއިން ބާރުދޭ ސިނާއަތްތަކާއި އިނޮވޭޝަންތަކަށް ހަރުދަނާ އިކޯސިސްޓަމެއް ބިނާކުރުމަށް ސަރުކާރުން ވައުދުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

2023 ވަނަ އަހަރު ޓެކްނޮލޮޖީ އާއި ޑިޖިޓަލް ދާއިރާއިން މެލޭޝިއާގެ ޖުމްލަ ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) އަށް 23.5 ޕަސެންޓް ހިއްސާކޮށްދީފައިވެއެވެ. އަދި ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ 2025 ވަނަ އަހަރު ނިމޭއިރު، ހިއްސާ 25.5 ޕަސެންޓަށް އިތުރުކުރުމަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް