ޙައްޖު ކޯޕަރޭޝަނުން ފަތުރުވެރިކަމުގެ ވިޔަފާރިކުރަން އުޅޭތީ ގިނަ ބަޔަކު އެކަމަށް ފާޑުކިޔަން ފަށައިފިއެވެ.
ފާޑުކީ ބައެއް މީހުން ބުނެފައިވަނީ ހައްޖަށް ދާން މީހުން ދައްކާފައިވާ ފައިސާއިން ކުރަންވީ ކަމަކީ މިއީތޯއެވެ. މިވަރުން ދަންޏާ ޓެކްސީކުރުމާއި ކަންމަތީ ފިހާރަތައްވެސް ހުޅުވަންވީ ކަމަށް ބައެއް މީހުން ބުނެފައިވެއެވެ.
އާންމުން މިކަމަށް ފާޑުކިޔަން ފަށާފައިވަނީ، ”ހަލާލު ފަތުރުވެރިކަމުގެ“ ނަމުގައި މާފުށީގައި ހޮޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން އެ ކޯޕަރޭޝަނުން އިޢުލާންކުރުމާ ގުޅިގެންނެވެ.
ގިނަ ބައެއްގެ ފާޑުކިޔުން މިކަމަށް އަމާޒުވެފައި ވަނިކޮށް، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމު ޢަލީ ސަޢީދުވެސް ވަނީ މިކަމަށް އެއްގޮތަކަށްވެސް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ދުވަހު ނޫހަކުން، ޑރ. ޝަހީމްއާ ހަވާލާދީ ބުނެފައިވަނީ އެކަމުގައި ޙައްޖު ކޯޕަރޭޝަނުން އެކަމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާކަމަށެވެ.
ޙައްޖު ކޯޕަރޭޝަން އުފައްދާފައިވަނީ، ހައްޖަށް ގެންދާނެކަމަށް ބުނެ އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ލަނޑުދިން މައްސަލަތަކެއް ފެންމަތިވުމުން، ސަރުކާރުގެ ބެލުމުގެ ދަށުން އެކަން ކުރިއަށް ގެންދިއުމަށްޓަކައެވެ.
ޙައްޖު ކޯޕަރޭޝަނުން އިއްޔެ ބުނެފައިވަނީ، ހޮޓާ އަޅާނީ މާފުށީ އިސްލާމިކް ޓޫރިޒަމް ޕްރައިވެޓް ލިމިޓެޑް (އެމްއައިޓީ)ގެ ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށެވެ.
އެމްއައިޓީއަކީ އެ ކޯޕަރޭޝަނުގެ ސަބްސިޑަރީ ކުންފުންޏަކަށް ވާއިރު، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކީ ޙައްޖު ކޯޕަރޭޝަނުގައިވެސް އެ މަޤާމު އަދާކުރައްވާ މުޙައްމަދު ޝިހާބެވެ.
One Response
ދުވަސްކޮޅެއް ފަހުން އަދި ދުނިޔޭގައި ބަޔަކަށް އަޑުއިވޭނެ. ތިކޯޕަރޭޝަނަކުން ގައިއުގުޅާ ވިޔަފާރިކުރާ ތަންތަން ހުޅުވުމަށް ތައްޔާރުކުރަމުންދާ ޚަބަރުވެސް. ސަރުކާރުހިއްސާވާ ކުންފުންޏެއްގެ ޙައްޖުފައިސާގަޑު އަތަށްއެރީމަ، އެތަންތާ ތިބޭވެރީންވެސް 4 އުދަރެސްފެނުޖެހި، 2 މިޔަކަނުން ހަނދުއޮއްސި އަމިއްލަގްރޫޕް ތަކުން އާއްމުރައްޔިތުމީހާ ފެލާލައިގެންބ އެމީހާ ޒަމާންތަކެއް ވަންދެން އެއްކޫރަފައިސާކޮޅު އަތުލާފަ ފިލާގޮތަށް އެފޮމިއުލާގަ އޮޅުވާލަން.