ސަޕްލައި ދޯންޏެއް ބަންޑުންޖަހައިލި ހާދިސާއެއްގައި މީހަކު ނިޔާވެއްޖެ

Loading

August 7, 2025
profile
Facebook
Twitter
WhatsApp
Oplus_16908288

4 މީހުންނާއެކު ށ. ފުނަދުއަށް ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއް ބަންޑުންޖަހާލައި، އެއިން ދަތުރުކުރި އެކަކު ނިޔާވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ހދ. ކުޅުދުއްފުށިން ށ. ފުނަދުއަށް 4 މީހުންނާއެކު ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއް ކުމުންދޫ ކައިރިން ބަންޑުންޖަހާލާފައި ވާކަމަށް މިއަދު 08:55ހާއިރު ރިޕޯޓްކޮށްފައި ވާކަމަށެވެ.

ފުލުހުން ބުނީ، އެ ދޯނިން ދަތުރުކުރީ 2 ދިވެހިންނާއި 2 ބިދޭސީން ކުޅުދުއްފުއްޓަށް ގެންދިޔަފަހުން އެތަނުން އެކެއްގެ ހާލު ދެރަވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވ.

އުމުރުން 66 އަހަރުގެ ދިވެހި ފިރިހެންމީހާ ނިޔާވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ގެންދަނީ ބަލަމުން ކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް