ބަންގްލަދޭޝްގެ ޝެއިޚް ހަސީނާ: ވެރިކަމަށް ފިއްލެވިތާ އަހަރެއް!

Loading

Facebook
Twitter
WhatsApp

މުޒާހަރާކުރަމުންދިޔަ ފަރާތްތަކަށް ފިއްލަވާ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ގައުމުދޫކުރައްވާ އިންޑިއާއަށް ފިއްލެވިތާ އެއް އަހަރުވެފައިވާއިރު، ވަގުތީ ގޮތުން ވެރިކަމާއި ހަވާލުވި ލީޑަރު، ނޯބެލް ލޯރިއެޓް، މުހައްމަދު ޔޫނުސް އަދިވެސް އިންތިހާބު ބާއްވާނޭ ތާރީހެއް ކަނޑައަޅުއްވާފައެއް ނުވެއެވެ.

“ނެޝަނަލް ސިޓިޒެން ޕާޓީ” އަކަށް ދެން އަންނަ އިންތިހާބެއް ކާމިޔާބު ކޮށްދިނުމަށް އޭނާ މަސައްކަތް ކުރައްވާކަމަށް ސިޔާސީ އިދިކޮޅު ލީޑަރުން ގެންދަނީ ތުހުމަތު ކުރަމުންނެވެ.

ހައްގުތަކަށް ވަކާލާތުކޮށް އަޑު އުފުލާ ގްރޫޕްތަކުން ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވާއިރު، ޑާކާގެ ޔުނިވަރސިޓީތަކުގެ ދަރިވަރުން އަނެއްކާވެސް ވަނީ މަގުތައް މައްޗަށް ނުކުންނަން ފަށާފައެވެ.

މިގޮތުން، ހަސީނާ އިންޑިއާއަށް ފިލަން ދިޔުމުން ޔަގީންވަނީ، ކޮރަޕްޓް ސިޔާސީ ބޭފުޅުން މެދުވެރިކޮށް އަވަށްޓެރި ގައުމުތަކުގެ ސިޔާސީ މިނިވަންކަމަށް ހުރަސް އަޅަން އިންޑިއާއިން މަސައްކަތް ކުރާކަމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް