ފުލެޓު ގުރުއަތުގައި 76 ޕޮއިންޓުގެ ގުރު ނުނަގައި 75 ޕޮއިންޓުގެ ގުރު ނެގި މައްސަލަ އޭސީސީއަށް

Loading

August 6, 2025
profile
Facebook
Twitter
WhatsApp
ފޮޓޯ: އޭސީސީ

ގެދޮރުވެރިޔާ ސްކީމުން ފުލެޓު ލިބޭ ލިސްޓުގެ ގުރުއަތު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ނެގިއިރު، 76 ޕޮއިންޓަށްވުރެ މަތިން ލިބިފައިވާ މީހުންގެ ގުރުއަތު ނުނަގައި، 75 ޕޮއިންޓަށްވުރެ މަތިން ލިބުނު މީހުންގެ ގުރުއަތު ނަގާފައިވާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ.

މި އުސޫލުގެ ދަށުން ގުރުއަތު ނަގައި، 315 ފުލެޓު ހަމަޖައްސައިދީފައިވާ މައްސަލަ ފެންމަތިވީ ފުލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުޙަލާގައެވެ. 

މި މައްސަލަ އޭސީސީއަށް ހުށަހަޅާފައިވަނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިންނެވެ. މި މައްސަލާގައި އެ ވުޒާރާއިން އެދިފައިވަނީ، ފުލެޓު ދިނުމުގެ އުސޫލާ ޚިލާފަށް، ވަކި ބަޔަކަށް މަންފާވާގޮތަށް ފުލެޓު އެލޮކޭޓްކޮށްފައިވާ މައްސަލަ ތަޙުޤީޤު ކޮށްދިނުމަށެވެ.

މި މައްސަލަ ފެންމަތިވުމާއެކު، 75 ޕޮއިންޓް ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރުން މިހާރު ވަނީ ވަގުތީގޮތުން މަޑުޖައްސައިލާފައެވެ. 

އެ މީހުންނަށް ފުލެޓު ހަމަޖައްސައިދޭނީ، އާއްމުކޮށްފައިވާ އުސޫލުގައި ވާގޮތަށް، ފުރަތަމަ 76 ޕޮއިންޓަށްވުރެ މަތިން ލިބުނު އެންމެންނަށް ފުލެޓު ހަމަޖައްސައިދިނުމަށްފަހު ކަމަށް އެ ވުޒާރާއިން ބުނެއެވެ.

ގެދޮރުވެރިޔާ ސްކީމުން ފުލެޓު ލިބޭ މީހުންގެ ލިސްޓު، ނިމިފިޔަ ސަރުކާރުގައި އާންމުކުރުމާއެކު ބޮޑެތި މައްސަލަތަކެއް ފެންމަތިވެ، އެތައް ބަޔަކު ވަނީ އޭސީސީއަށް ޝަކުވާ ހުށަހަޅާފައެވެ.

އެ މައްސަލަތައް ބެލުމަށްފަހު އޭސީސީން ބުނީ، ލިސްޓުގައި ހިމެނޭ 60 އިންސައްތަ މީހުންނަށް ފްލެޓް ދިނުމުގައި ގޯސްތަކެއް ހަދާފައިވާކަމަށެވެ. 

މި މައްސަަލަ ބެލުމަށް މި ސަރުކާރުން އެކުލަވައިލި ކޮމިޓީން މަސައްކަތްތަކެއް ކުރުމަށްފަހު، އެންމެ ފަހުން ނިންމާފައިވަނީ ނިމިދިޔަ ސަރުކާރުން އެކުލަވައިލި ލިސްޓަށް ފުލެޓު ދިނުމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް