ސައުދީ އަރަބިއާގެ ފަތުރުވެރިކަމާބެހޭ ވުޒާރާއިން ޖުލައި މަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ގަވާއިދުތަކާއި ޚިލާފުވެފައިވާކަމަށް ގަބޫލުކުރެވޭ މައްކާގެ 25 ހޮޓަލެއް ބަންދުކޮށްފިއެވެ.
މިތަންތަން ބަންދުކުރީ އަޅުކަމަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަން ހިމާޔަތްކޮށް، ގަވާއިދުތަކަށް އަމަލުކުރާކަން ކަށަވަރުކުރުމަށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަން ކެމްޕޭންތަކެއްގެ ތެރެއިންނެވެ.
މިގޮތުން، ހުންނަންޖެހޭ ލައިސެންސްތަކާއި ހުއްދަތައް ނެތި ހިންގަމުންދިޔަ ތަންތަނާއި، ސާފުތާހިރުކަމުގެ މިންގަނޑުތަކާއި، މެއިންޓެނަންސް ފެންވަރު ދަށް ތަންތަނުގެ އިތުރުން، ހުންނަންޖެހޭ ސަލާމަތީ މިންގަނޑުތަކާއި އެއްގޮތަށް ނުހިންގާ ތަންތަންވެސް އެވުޒާރާއިން ވަނީ ބަންދުކޮށްފައެވެ.
”މީގެއިން ދައްކުވައިދެނީ ހުރިހާ ފެސިލިޓީތަކެއް ވެސް ހިދުމަތާއި ރައްކާތެރިކަމުގެ އެންމެ މަތީ ފެންވަރަށް ތަބާވާކަން ކަށަވަރު ކުރުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތް،“ ރެގިއުލޭޓަރީ ކޮމްޕްލައިންސްގެ މުހިންމުކަން ފާހަގަކޮށް ސައުދީގެ ޓުއަރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައިވެ އެވެ.
މި ގަވާއިދުތަކާއި ހިލާފުވާ ފަރާތްތައް އަދަބެއްގެ ގޮތުން، އެއް މިލިއަން ސައުދީ ރިޔާލް އާއި ހަމައަށް ޖޫރިމަނާކުރުމުގެ އިތުރުން، ޖަލު ހުކުމެއް އައުންވެސް އެކަށީގެންވެއެވެ. މިއީ ގާތްގަނޑަކަށް 266،000 އެމެރިކާ ޑޮލަރާއި އެއްވަރުގެ އަދަދެކެވެ.
ސައުދީގެ ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނެފައިވަ ގޮތުގައި އަލުން ހިންގުމުގެ ހުއްދަ ދޭނީ ހަމައެކަނި ފާސްކޮށްފައިވާ މިންގަނޑުތަކަށް ފެތޭ ލައިސަންސް ލިބިފައިވާ ފެސިލިޓީތަކަށް އެކަންޏެވެ