ސްރީލަންކާގެ ރައީސް ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގަންނަވައިފި

Loading

Facebook
Twitter
WhatsApp

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދައުވަތަކަށް ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ރާއްޖެއަށް ވަޑައިގަންނަވައިފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރައީސް ޑިސަނާޔަކެއަށް އިސްތިގުބާލުކުރެއްވީ ރައީސް މުޢިއްޒުއެވެ. އެ މަނިކުފާނަށް ރަސްމީގޮތުން މަރުޙަބާދެންނެވުމުގެ އިޙުތިފާލުތައް މިއަދު މެންދުރުފަހު ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ދަތުރުފުޅުގައި، ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާމެދު، ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާނެއެވެ. އަދި އެ މަޝްވަރާތަކާއި، ދަތުރުފުޅުގައި ނިންމެވި ނިންމެވުންތަކުގެ މައްޗަށް ބިނާކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ރައީސް ޑިސަނާޔަކެ، ގުޅިފައިވާ ބަޔާނެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސްރީލަންކާގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑިސަނާޔަކެ ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް