ލ. މާވަށުގައި މިއަދު ޒުވާނެއްގެ ކަރަށް ވަޅި ހަަރައި މަރާލި ކަމަށް މައްސަލައިގައި ތުހުމަތުވާ މީހާ ހައްޔަރުކޮށްފިއެވެ.
ހަމަލާދީ މަރާލާފައި ވަނީ އެ ރަށު ނަލަހިޔާ މޫސާ އިބްރާހިމް 29އ އެވެ.
ފުލުހުން މިއަދު ބުނީ މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ކަމުގެ ރިޕޯޓް މިއަދު ހެނދުނު 10 ޖެހި ފަހުން ލިބިފައިވާ ކަމަށެވެ. އަދި ޒަހަމްވި މީހާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައިކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.
ެއެގޮތުން އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރީ ހދ. ނޮޅިވަރަންފަރު އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް، 29، ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.
ފުލުހުން ބުނީ މުހައްމަދު އިބްރާހީމް މިހާރު ހުރީ ހއ. ވަށަފަރު ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
![]()

One Response
ކޮން ރަށަކު އޭތަ