ލ. މާވަށުގައި ޒުވާން ފިރިހެނެއްްގެ ކަރަށް ވަޅި ހަރައި މަރާލައިފިއެވެ.
ހަމަލާދީ މަރާލާފައި ވަނީ އެ ރަށު ނަލަހިޔާ މޫސާ އިބްރާހިމް 29އ އެވެ.
ފުލުހުން މިއަދު ބުނީ މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ކަމުގެ ރިޕޯޓް މިއަދު ހެނދުނު 10 ޖެހި ފަހުން ލިބިފައިވާ ކަމަށެވެ. އަދި ޒަހަމްވި މީހާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައިކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
![]()
