މާޅޮހު ދޯންޏެއްގެ ބެޓެރި ގޮވައި ފިހުނު ދެ ބިދޭސީންނަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި

Loading

Facebook
Twitter
WhatsApp

އއ. މާޅޮހު ދޯންޏެއްގެ ބެޓެރި ގޮވައި ފިހުނު ދެ ބިދޭސީންނަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

މާޅޮހު ދޯނީގައި އެ ހާދިސާ ހިނގާފައި ވަނީ ރޭ 8:45 ހާއިރުއެވެ. މި ހާދިސާގައި ފިހިފައި ވަނީ އެ ދޯނީގައި މަސައްކަތްކުރާ އުމުރުން 33 އަހަރާއި 40 އަހަރުގެ އިންޑިޔާ ދެ ފިރިހެނުންނަށެވެ. އެނގިފައިވާ ގޮތުގައި އެ ދެމީހުންގެ ހަށިގަނޑުގެ ބޮޑު ބައެއް ވަނީ ފިހިފައެވެ. އެ ދެ މީހުންނަށް އެންމެ ފުރަތަމަ ފަރުވާދީފައި ވަނީ މާޅޮހު ސިއްހީ މަރުކަޒުގައެވެ. އެއަށްފަހު އިތުރު ފަރުވާއަށް އެ ދެ މީހުން ވަނީ މާލެ ގެނެސްފައެވެ.

އައިޖީއެމްއެޗުން ބުނީ ޑޮކްޓަރުންގެ ހާއްސަ ޓީމެއްގެ ބެލުގެ ދަށުން އެ ދެ މީހުންނަށް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް