ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އައު އިމާރާތް ހުޅުވައިފި

Loading

Facebook
Twitter
WhatsApp

ޖަސްޓިސް ބިލްޑިންގ އެނެކްސްގައި ޤާއިމުކުރި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހުޅުވައިދެއްވައިފިއެވެ.

މިއަދު މެންދުރު ފަހު އޮތް ރަސްމިއްޔާތުގައި، ޝަރުޢީ ދާއިރާގެ ފަރާތުން ރައީސް މުޢިއްޒުއަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ. އަދި ޖަސްޓިސް ބިލްޑިންގ އެނެކްސްގައި ދިވެހި ޤައުމީ ދިދައާއި ޖުޑީޝަރީ ދިދަ ނެގުންވެސް މި ރަސްމިއްޔާތުގައި އޮތެވެ. މި ރަސްމިއްޔާތުގައި ދިވެހި ދައުލަތުގެ އިސްވެރިންނާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހުޅުމާލޭގައި ތަރައްޤީކުރި ޖަސްޓިސް ބިލްޑިންގ އެނެކްސްއަކީ ހުޅުމާލޭގައި ތަރައްޤީކުރަން ހަމަޖެހިފައިވާ ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރެވެންދެން ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް، މި ވަގުތަށް ޙައްލު ހޯދައިދިނުމަށް ތައްޔާރުކުރެވުނު އިމާރާތެކެވެ. މި 2 ކޯޓު މީގެ ކުރިން ހިންގަމުން އައިސްފައިވަނީ މާލޭގައެވެ.

މިއަދު ހުޅުވި އިމާރާތުގައި ޑްރަގް ކޯޓަށް ޚާއްޞަ 5 ކޯޓު ރޫމް އަދި ކްރިމިނަލް ކޯޓަށް ޚާއްޞަ 10 ކޯޓު ރޫމް ހިމެނެއެވެ. އަދި ފަނޑީޔާރުންނަށް ޚާއްޞަ 17 ކޮޓަރީގެ އިތުރުން، ދިފާޢީ ވަކީލުންނަށާއި ދައުލަތުގެ ވަކީލުންނަށް ބޭނުން ކުރެވޭނެ ޖާގަތަކެއްވެސް ވަނީ ކަނޑައަޅާފައެވެ.

މިއީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢުއެކެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް