ޓްރަމްޕާއި އިޒްރޭލުގެ އޭޖެންޓް، އެޕްސްޓީންއާއި ގުޅުމެއް އޮތްކަމަށް ސުވާލު އުފައްދައިފި

Loading

Facebook
Twitter
WhatsApp

ބައިނަލްއަޤްވާމީ ބިލިއަނަރު މަހުޖަނުންނަށް ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުތަކެއް އުފުލާފައިވާ އިޒްރޭލުގެ އަސްކަރީ ޖާސޫސީ އޭޖެންޓެއްކަމަށްވާ، ޖެފްރީ އެޕްސްޓީން ހިންގި ޖަރީމާތަކުގައި އޭނާގެ ބައިވެރިއެއްކަމުގައިވާ، ގިސްލޭން މެކްސްވެލް ޕްލީ ޑީލްއެއްގެ މަޝްވަރާތައް ފެށުމާއެކު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި، އެޕްސްޓީންއާއި ގުޅުމެއްވާކަމުގެ އިޝާރާތްތަކެއް ވާން ފަށައިފިއެވެ. އެޕްސްޓީން ބްލެކްމެއިލް ކުރި މީހުންގެ ލިސްޓުގައި އެމެރިކާގެ ކުރީގެ ރައީސް ކްލިންޓަންއާއި، ވިޔަފާރިވެރިޔާ ބިލް ގޭޓްސްގެ އިތުރުން ގިނަ އަދަދެއްގެ ވިޔަފާރިވެރިންނާއި، ސިޔާސީވެރީން ހިމެނެއެވެ.

އެޕްސްޓެއިންގެ އިތުރުން، މެކްސްވެލްގެ ބައްޕަ މެދުވެރިކޮށް އޭނާއާއި އެމެރިކާގެ ޖާސޫސީ ހިދުމަތްދޭ ސީއައިއޭއާ ވަނީ ގުޅިފައެވެ.

މީގެ ދެ މަސް ކުރިން އީލޮން މަސްކް ވަނީ އެމެރިކާ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ތާއީދުކުރާ ކަމަށް ބުނެ ޑޮނަލްޑް ޓްރަމްޕާއި ދެކޮޅަށް ނުކުމެފައެވެ. މަސްކް ބޭނުންވަނީ، އިޒްރޭލު ހިމެނޭގޮތަށް އެމެރިކާއިން އެހެން ޤައުމުތަކަށް ދޭ ބޭރުގެ ހުރިހާ އެހީއެއް ހުއްޓުވުމަށެވެ. އެއިރު މަސްކް ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެޕްސްޓައިން ލިސްޓުގައި ޓްރަމްޕް ހިމެނޭ ކަމަށާއި، އިޒްރޭލުގެ ނުފޫޒުން މިނިވަން ނުވާ ސަބަބަކީ މިއީ ކަމަށެވެ.

އޭގެ މާގިނައިރުތަކެއް ނުވެ ޓްރަމްޕްވަނީ އެޕްސްޓައިން ކްލައިންޓް ލިސްޓް ފޮރުވުމަށް އޭނާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އަށް އަމުރު ކުރައްވާފައެވެ. އަދި އެޕްސްޓައިން ލިސްޓެއް އެއްގޮތަކަށް ވެސް ނެތް ކަމަށް އޭނާ އިއުލާންވެސް ކުރެއްވިއެވެ.

ޑިމޮކްރެޓިކް ޕާޓީއަށް މިވަގުތު ސިފަކުރެވުނީ އޭނާ ނުވަތަ އޭނާއަށް އެނގޭ އެހެން ބާރުގަދަ މުއްސަނދިންގެ ކުށެއް ފޮރުވަން މަސައްކަތް ކުރަމުންދާ ވަގުތެއްގެ ގޮތުގައެވެ. އަދި ޓްރަމްޕް ބައްދާލުމަށް މިވަގުތު ވެގެންދިޔައީ ޑިމޮކްރެޓިކް ޕާޓީއަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ.

އެހެންނަމަވެސް، ޑިމޮކްރެޓުން ގިސްލޭން މެކްސްވެލްއާއި ސުވާލު ކުރުމުގެ ކުރިން ޓްރަމްޕް ވަނީ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ އޮފިޝަލުން ފޮނުވައިގެން މެކްސްވެލްގެ ބަޔާންތަކުގައި ޓްރަމްޕާއި އިޒްރޭލާއި ގުޅުން ހުރި މީހުންގެ އެއްވެސް ތަފްސީލެއް ނުދެވޭ ގޮތަށް ޑީލެއް ހަދާފައެވެ.

މިގޮތުން، މެކްސްވެލް ހުރީ އޭނާގެ ޖިނާއީ ހުކުމް ކުޑަކުރެވޭނެ ނުވަތަ ޓްރަމްޕްގެ ފަރާތުން ފުރިހަމަ މައާފެއް ލިބޭނެ ކޮންމެ ބާވަތެއްގެ ޕްލީ ޑީލަކަށްވެސް އާނއެކޭ ބުނަން ތައްޔާރަށެވެ.

އެހެންނަމަވެސް، ޓްރަމްޕަށް ވޯޓުދޭ މީހުންގެ ދެބައިކުޅަ އެއްބަޔަކީ މިމައްސަލާގައި ކަންބޮޑުވުން ފާޅުކޮށްފައިވާ މީހުންނެވެ. މިގޮތުން، އެޕްސްޓައިން ފައިލްތައް އާންމުކުރުމަށާއި، މުއްސަނދި ޕިޑޮފައިލުން ހައްޔަރުކޮށް އަދަބު ދިނުމުން ސަލާމަތްކުރުން ހުއްޓާލުމަށް އޭނާގެ ސަޕޯޓަރުން ގެންދަނީ ގޮވާލަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް