ޒަކިއްޔާގެ މަރަށް އިންސާފު ހޯއްދަވައި ދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

Loading

Facebook
Twitter
WhatsApp

ނ. ހޮޅުދޫގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެ ރަށު ޒަކިއްޔާ މޫސާ50އ ގެ މަރުގެ މައްސަލައިގައި ކަން ހިނގާދިޔަގޮތް ބެލުމަށާއި އިންސާފު ގާއިމު ކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެ ޔަޤީންކަން ދެއްވީ، މިލަދުންމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް އެ މަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ހޮޅުދޫއަށް ފައިބާވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަމުން ދިޔައިރު، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި އިންސާފަށް ގޮވާލައި އެއްވެ ތިބި ރައްޔިތުންނާ ވަކިން ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެ ބޭފުޅުންނަށް ވަކިން ދައުވަތު ދެއްވައިގެން ރައީސް ވަނީ އެ ރަށު ކައުންސިލް އިދާރާ ކުރިމަތީގައި ބައްދަލުކުރެއްވުމެއް ބާއްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެ ބޭފުޅުންގެ ހުރިހާ ވާހަކަތަކެއް އަޑު އައްސަވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ ޝުޢޫރު ފާޅުކުރި ރައްޔިތުންނާއި އަދި ޒަކިއްޔާ މޫސާގެ ޢާއިލާގެ ފަރާތުން ފާހަގަކުރި ކަންބޮޑުވުންތަކާ ގުޅިގެން އިތުރަށް ކަންކަން އޮޅުންފިލުއްވައިފައެވެ. އަދި ސަރުކާރުން ހުއްޓުމެއް ނެތި އެކަމުގައި މަސައްކަތް ކުރަމުން އަންނަކަންވެސް ސާފުކޮށްދެއްވާފައެވެ.

Loading

One Response

  1. އެއީ ކިހިނެއްބާ؟ ރިޟްވާނާއި ޔާމީނުގެ މަރަށް ކުރީގެ ވެރިއަކު އިންސާފު ހޯއްދަވައިދެއްވި ގޮތަށްބާ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް