ފުޖިއާން ޕްރޮވިންސުން ރާއްޖެއަށްް ކުޅިވަރު ސާމާނު ހަދިޔާކޮށްފި

Loading

Facebook
Twitter
WhatsApp

ފުޖިއާން ޕްރޮވިންސުން ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

އެ ސާމާނުތައް ހަދިޔާކުރުމަށް ބާސެލޯ ނަސަންދުރައިގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކުޅިވަރު ސާމާނާ ސަރުކާރުގެ ފަރާތުން ހަވާލުވެލެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އަދި ޗައިނާގެ ފަރާތުން ސާމާނު ހަވާލުކޮށްދެއްވީ ފުޖިއާން ޕްރޮވިންސްގެ ވައިސް ގަވަރުނަރު ވެއި ޝިއައޮކުއި އެވެ.

ފުޖިއާން ޕްރޮވިންސުން ރާއްޖެއަށް ހަދިޔާކުރި ކުޅިވަރު ސާމާނުގެ ތެރޭގައި ގިނަ އަދަދެއްގެ ޖާޒީތަކާއި، ފުޓްބޯޅަ ފަދަ ސާމާނު ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ކުޅިވަރު ވަޒީރު ވަނީ ޗައިނާގެ ފުޖިއާން ޕްރޮވިންސުން ރާއްޖެއަށް ވެދޭ އެހީތެރިކަން ފާހަގަ ކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖެއަށް ކުޅިވަރު ސާމާނު ހަދިޔާކުރުމުގެ އިތުރުން ޗައިނާގެ އެހީތެރިކަމާއެކު ވޮލީ ބޯޅަ ކޯޗުން ތަމްރީނުކޮށްދެއްވާފައިވާ ކަން ފާހަގަ ކުރައްވާ ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން ބާސްކެޓް ކޯޗުންނާއި ކުޅުންތެރިން ތަމްރީނުކުރުމާއި ސްޕޯޓްސް މެޑިސިންގެ ދާއިރާއިން ދިވެހިން ބިނާކުރުމަށް ޗައިނާ ސަރުކާރުން ދެއްވާފައިވާ ފުރުސަތަތުތައް ފާހަގަ ކުރައްވާ މިނިސްޓަރ ވަނީ ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

އެ ސާމާނުތައް ހަދިޔާކުރުމަށް ބާސެލޯ ނަސަންދުރައިގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ އިތުރުން ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލް އާއި ކުޅިވަރު ވުޒާރާގެ އިސްވެރިން އަދި ފުޖިއާން ޕްރޮވިންސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް