12 ދުވަހުގެ ހަނގުރާމައިގާ ލަދުހަޔާތް ނެތުމުން ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭނެ

Loading

Facebook
Twitter
WhatsApp

ބްލޭކް ސްޓިލްވެލ އަކީ ދަ މިލިޓްރީ.ކޮމްގެ އެސޯޝިއޭޓެޑް އެޑިޓަރެކެވެ. ޔޫ އެސް އެއާރ ފޯސްގައި އޭނާ މަސައްކަތް ކޮށްފައި ވެއެވެ. އޭ ބީ ސީ ނިއުސް އާއި ފޮކްސް ނިއުސް އާއި ޝިކާގޯ ޓްރައިބިއުނަލް ފަދަ އެތައް މީޑިއެއްގައި އޭނާވަނީ މަސައްކަތް ކޮށްފައެވެ. އޭގެ އިތުރުން ވައިޓް ހައުސްގެ ކޮމިއުނިކޭޝަން ޑިޕާރޓްމެންޓުގައިވެސް 2 އަހަރު ދުވަހު މަސައްކަތްކޮށްފައި ވެއެވެ. އޭނާ މިލިޓްރީ.ކޮމް އާއި ގުޅުނީ 2019 ވަނައަހަރުއެވެ.    

                                                        

އީރާނުގެ މިލިޓްރީ އަދި ނިއުކްލިއަރ ސައިޓްތަކަށް އިސްރާއީލުން ވައިގެ ހަމަލާތައް ދެމުން ގެންދިޔައިރު އިސްރާއީލުގެ ކޮމާންޑޯންނާއި ޖާސޫސުން ގެންދިޔައީ އީރާނުގެ ބިމުން އިސްރާއީލުގެ އެއާރފޯރސް އާއި މޮސާޑުގެ އޭޖެންޓުންނަށް މައުލޫމާތު ފޯރުކޮށްދެމުންނެވެ. އަދި ކުއްލި ހައިރާންކަމެއް މީޑިއާތަކަށް ގެނެސްދިން އިސްރާއީލުގެ ހަމަލާތަށް ފެށުމުގެ ކުރިން އިސްރާއީލުގެ ކޮމާންޑޯ އިންނާއި މޮސާޑުގެ ޖާސޫސުން އީރާނުގެ ބިމުގައި އީރާނު މިލިޓްރީގެ އެންމެ އިސްސަފުގައި ތިއްބެވި ބޭފުޅުންނާއި ނިއުކްލިއަރ ޕްރޮގްރާމްގެ ތަޖްރިބާކާރުންގެ ކުރީ ސަފު އެއްކޮށް ދުއްވާލައިފިއެވެ.                                                     

ރަސްމީގޮތުން 12 ދުވަހުގެ ހަނގުރާފެށުނުކަން މީޑިއާތަކަށް ރޭކާލީވެސް ޖޫން 13 ވަނަ ދުވަހު އިސްރާއީލުގެ ބާރުގަދަ ކަމަށް މަޝްހޫރު ވެފައިވާ އެއާރފޯސްގެ ހަމަލާތަކުން އީރާނުގެ މުހިންމު ގިނަ ތަކެއް ވީރާނާ ކޮށްލުމަށްފަހުގައެވެ. އިސްރާއީލުގެ ވައިގެ ހަމަލާތައް އަމާޒު ކުރީ ހަމައެކަނި އީރާނުގެ މިލިޓްރީ އަދި ނިއުކްލިއަރ ސައިޓްތަކަކަށް ނޫނެވެ. ނިއުކްލިއަރ ސައެންޓިސްޓުންނާއި އާންމުތަނަށްވެސް ގިނަ ހަމަލާތަކެއްދީ އާންމުރައްޔިތުންގެ ގިނަބަޔަކުވެސް ޝަހީދު ކޮށްލީއެވެ.                                   

އީރާނުގެ ދިފާއީ ނިޒާމުތައް އެއްކޮށް ނައްތާލެވިއްޖެކަމަށާއި އިސްރާއީލު އެއާރފޯސްގެ ހަމަލާތައް ދެންހުއްޓުވޭނެ އެއްވެސް ގޮތެއް ނޯންނާނެކަމަށް އިސްރާއީލުގެ ބޮޑުވަޒީރު އަޑަށް ބާރުލާފައި ގޮވަމުން ގެންދިޔައެވެ. އިސްރާއީލުން ބޭނުންވި ސަތޭކަވަރަކަށް އަމާޒު ވީރާނާ ކޮށްލެވިއްޖެ ކަމަށާއި އީރާނުގެ ވައިގެ ސަރަހައްދު އޮތީ އިސްރާއީލުގެ ފުރިހަމަ ބާރުގެ ދަށުގައިކަންވެސް އިސްރާއީލުގެ މިލިޓްރީން އިއުލާން ކުރަމުން ގެންދިޔައެވެ. އީރާނުގެ ދިފާއީ ނިޒާމު ތަކާއި މިސައިލް ލޯންޗަރތައ ހަރަކާތްތެރި ކުރުވުމަށް ޓަކައި ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ދުނިޔެއަށް އަންގަމުން ދިޔައެވެ.                                  

އިސްރާއިލުގެ މި ކާމިޔާބީގެ މުހިންމު ހިއްސާއެއްގެ ތައުރީފް ހައްގުވަނީ އީރާނުގެ ބިމުގައި ތިބެގެން އިސްރާއީލުގެ ވައިގެ ސިފައިންނަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ފޯރުކޮށްދެމުން ގެންދިޔަ ކޮމާންޑޯ އިންނާއި ޖާސޫސުންނަށް ކަމުގައި އެ ކާމިޔާބީ އިޝްތިހާރުކުރަމުން އެ ގައުމުގެ މިލިޓްރީގެ ޗީފް އޮފް ސްޓާފް ލެފްޓިނެންޓް ޖެނެރަލް އެޔަލް ޒަމީރު ޕްރެސް ކޮންފަރެންސެއްގައި ބުނެފައި ވެއެވެ. ޒަމީރަކީ ހަމަލާތައް އެހާ ފުރިހަމައަށް ރާވައި ކާމިޔާބީ އާއެކު ނިންމާލުމަށް އިރާނުގެ ބިމުގައިތިބެގެން އިސްރާއީލުގެ ސިފައިންނާއި ކޮމާންޑޯއިންނާއި އަދި ޖާސޫސުން ފޯރުކޮށްދިން އެހީތެރިކަން ފާޅުގައި ހާމަކުރި އިސްރާއީލުގެ ފުރަތަމަ އިސް އޮފިސަރެވެ.                

އިސްރާއީލުން ދިން އެންމެ ފުރަތަމަ ހަމަލާތަކުގައި އިޜާނުގެ ސައެންޓިސްޓުންނާއި މިލިޓްރީ ޖެނެރަލް ރޭންކުގެ ތިރީހަކަށް ބޭފުޅުން ޝަހީދު ކޮށްލާފައިވާނެ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ދުނިޔެއަށް ހާމަކޮށްދިނެވެ. އެއީ އީރާނުގެ ލޯތަކަށް ފޮރުވިގެންތިބެ ވަރަށް ރޭވުންތެރިކަމާއެކު ދީފައިވާ ހަމަލާތަކެއް ކަމުގައި ގަބޫލު ކުރަން ޖެހެއެވެ.

ސިއްރިޔާތުގައި ރާވައިގެން އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގައި އީރާނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެކަމަކު އީރާނުގެ ވައިގެ ދިފާއީ ނިޒާމާއި މިސައިލް ލޯންޗަރ ތަކާއި ގިނަ އަދަދެއްގެ ޑްރޯން ވީރާނާ ކޮށްލާފައިވާކަމަށް އިސްރާއީލުން ގޮވަމުންދަނިކޮށް ކުއްލިއަކަށް ފެނިގެންދިޔައި އީރާނުން ދިން ހަނގުރާމައިގެ ބާރުގަދަ ހަމަލާތަކަކުން އިސްރާއީލުގެ މިލިޓްރީ އަދި ސައންޓިފިކް ރިސާރޗް ސެންޓަރ ތަކާއި ބޮޑެތި އޮއިލް ރިފައިނަރީ ބިމާ ހަމަކޮށްލިމަންޒަރެވެ. އިސްރާއީލުގެ ސަރުކާރުން މީޑިއާތައް މަނާކޮށްފައި އޮތް ނަމަވެސް ޑިޖިޓަލް ދުނިޔެއެއްގައި ހުރިހާ ކަމެއް ފޮރުވުމަކީ ނުކުރެވޭނެ ކަމެއްކަން އެނގިގެން ދިޔައެވެ. އެންމެ ފަހުން އިސްރާއީލަށް އެކަނި އީރާނާ ދެކޮޅަށް ހަނގުރާމަ ނުކުރެވޭނެކަން އެނގުމުން އެމެރިކާގެ މަދަދަށް އެދެން ޖެހުނެވެ. އަދި އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް އެގައުމުގެ އެންމެ ބާރުގަދަ ބަންކަރ ބަސްޓަރުން ހަމަލާދިނެވެ. އޭގެ ސަބަބުން އީރާނުގެ ނިއުކްލިއަރ މަޝްރޫއު މަދުވެގެން 2 އަހަރު ދުވަހަށް ފަހަތަށް ޖައްސާލެވުނު ކަމަށް ޒަމީރު ބުނެފައި ވެއެވެ.                                                       

12 ދުވަހުގެ ހަނގުރާމަ ހުއްޓުވުނު ގޮތާއި ދޭތެރޭ ވމިލިޓްރީ ނަޒަރަކުން ބަލާއިރު އީރާނުން ގެންދިޔައީ އިސްރާއީލު ވިރާނާކުރަމުންނެވެ. އިސްރާއީލުގެ ތާރީޚުގައި އެ ގައުމަށް ދުވަހަކުވެސް ލިބިފައިވާ ނުވާވަރުގެ ބޮޑެތި ގެއްލުންތައް ދިޔައީ ލިބެމުންނެވެ. އިސްރާއީލުގެ އެދުމަށް އެމެރިކާއިން ހަނގުރާމައިގެ ތެރެއަށް ވަދެ ހަނގުރާމަ ހުއްޓުވަން މަސައްކަތް ފެށީ އީރާނުން ބޭނުންވެގެންނެއް ނޫނެވެ. އިސްރާއީލަށް އެނޫން އެހެންމަގެއް ނެތުމުންނެވެ.       

އިސްރާއީލުގެ ބޮޑުވަޒީރުގެ ވާހަކަ ކޮންމެ ގޮތަކަށް ހުރި ކަމުގައިވިޔަސް 12 ދުވަހުގެ ހަނގުރާމައިގާ އިސްރާއީލް ފަޝީހަތްވަމުންދިޔައީ މުޅި ދުނިޔެ ވެސް ހައިރާންކޮށްލާފައެވެ. އިސްރާއީލުން ސިއްރު ކޮށްގެން ގެންގުޅުނު ގެއްލުންތައް މީޑިއާއަށް ހާމަވުމުން ކުއްލި ސިހުމެއް ނުލިބޭ ހަމަ އެންމެ މީޑިއާ ނެޓްވާރކެއްވެސް ނެތެވެ. އިސްރާއީލުގެ އެންމެ މުހިންމު ތަންތަންވަނީ ބިމާ ހަމަކޮށްލާފައެވެ.                            

12 ދުވަހުގެ ހަނގުރާމައިގާ އިސްރއީލަށް ލިބުނު ގެއްލުންތަކުގެ އަގު އިސްރާއީލު ސަރުކާރުން ހާމަކޮށްފައިވާ މިންގަނޑުން މީޑިއާތަކުން ބަލާފައި ދުވާލަކު 750 މިލިއަން ޑޮލަރު ކަމުގައި އަންދާޒާކޮށްފައިވެއެވެ. އޭގެތެރޭގައި ކޮމާރޝަލް ފްލައިޓްތައް ހުއްޓުމަކަށް އައުމުން އެއާރޕޯރޓަށް ގެއްލުންވި 270 މިލިއަން ޑޮލަރާއި  600 ސްކޫލް އާއި އާންމު ޚިދުމަތް ފޯރުކޮށްދޭ ތަންތަން ބަންދު ކުރަން ޖެހުމުން ގައުމަށް ގެއްލުންވި އަދަދު ހިމެނެއެވެ. 

މި ޚަރަދު ތަކުގެ އިތުރުން ސީރިއާ އާއި ލެބަނަންގެ ބޯޑަރ ސަރަހައްދަށް ވައްޓާލި 3 ފައިޓަރ ޖެޓްގެ އަގު ނުހިމަނައި ތެލް އަވީވާއި ހައިފާ އަދި ބައިތުޔަމް އަށް ލިބުނު ގެއްލުންތައް 1.4 ބިލިއަންޑޮލަރ އަންދާޒާ ކޮށްފައި ވެއެވެ. އަދި ތެލް އަވީވުގެ ސްޓޮކް އެކްސްޗޭންޖަށް %20 ގެ ވެއްޓުމަކާ ކުރިމަތިލާން ޖެހުނު ކަމަށްވެއެވެ.      

12 ދުވަހުގެ ހަނގުރާމައި މަރުވެދިޔަ އިސް ޖެނެރަލުންނާއި ނޭވީ އަދި މިލިޓްރީގެ އިސް މީހުންނާއި އާންމު ރައްޔިތުން ނުހިމަނައި މާލީގޮތުން މިހުރިހާ ގެއްލުންތަކަކާ ކުރިމަތިލާން ޖެހުމުންވެސް އިސްރާއީލުން ބޭނުންވި މަގްސަދު ހާސިލު ކުރެވިއްޖެ ކަމަށް ބުނަމުންގެންދިއުމަކީ ލަދުހަޔާތް ނެތުން ސިފަ ކޮށް ދިނުމެކެވެ.        

ދަ މައިޓީގެ ބަހުން ބުނާނަމަ އިސްރާއީލުގެ އެއާފޯސް މޮޅުކަން ފާޅުވެގެން މިދިޔައީ  ހިއުމިލިއޭޝަން ނުވަތަ ބޭ އިއްޒަތާއި ޝަރުމިންދަގީގެ އިންތިހާގައެވެ.                                            

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް