ތައިލެންޑްގެ ޑިޖިޓަލްނޯމަޑް ވިސާއަށް ބޮޑު ތަރުހީބެއް

Loading

Facebook
Twitter
WhatsApp

ތައިލެންޑްގެ ޑިޖިޓަލް ނޮމަޑް ވިސާއަށް ފުރަތަމަ އަހަރު 35،000 ފަރާތަކުން ކުރިމަތިލައިފި އެވެ.


ޑިޖިޓަލް ނޮމެޑްސްއަށް ހާއްސަކޮށް ތައިލެންޑްގެ ސަރުކާރުން ތައާރަފްކުރި އާ ލޯންގްސްޓޭ ވިސާ ކަމަށްވާ ޑެސްޓިނޭޝަން ތައިލެންޑް ވިސާ (ޑީޓީވީ) އަށް ފުރަތަމަ އަހަރު 35،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ކަމަށް ރަސްމީ ހިސާބުތަކުން ދައްކައިފިއެވެ.
މިއީ، ކޮވިޑް-19 އަށްފަހު ތައިލެންޑަށް ހިޖުރަކުރި ތައިލެންޑުގައި ދިރިއުޅެ، ރިމޯޓް ކޮށް މަސައްކަތްކުރާ މަސައްކަތްތެރީންނަށް ހާއްސަކޮށްގެން، އިގްތިސާދު ކުރިއެރުވުމަށް އެހީތެރިވުމުގެ މަގުޞަދުގައި 15 ޖުލައި 2024 ގައި ތައާރަފްކުރި ވިސާއެކެވެ.
ހަމަ މިގޮތުން ހިޖުރަކުރި ފަރާތެއް ކަމުގައިވާ، ކެނެޑާގެ ޓިމް ގްރާސިން ބެންކޮކްއަށް ހިޖުރަކުރުމަށް ނިންމާފައިވަނީ، ބެންކޮކައި އެހެން ބައެއް ސިޓީތައް އަޅާކިޔުމަށްފަހު އެވެ. އޭނާ ބުނީ، ބެންކޮކްގެ އަގުހެޔޮ ސިއްހީ ފަރުވާއާއި، ރަނގަޅު އިންޓަނެޓާއި، ހަމަޖެހޭ ދިރިއުޅުމުގެ ވައްޓަފާޅިއަކީ، އޭނާއަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ.
2023 ވަނަ އަހަރު ތައިލެންދަށް ބަދަލުވި ގްރާސިން މިހާރު ތައިލެންޑްގައި ދިރިއުޅެމުންގެންދަނީ ޑީޓީވީ ޕްރޮގްރާމްގެ ދަށުންނެވެ.
ތައިލެންޑް ސަރުކާރުން ދެކޭ ގޮތުގައި މި ވިސާއަކީ ދުނިޔޭގެ ރިމޯޓް ވޯކަރުންގެ އެންމެ މަގުބޫލު މަންޒިލަކަށް އެގައުމު ހެދުމަށް އެހީތެރިވެދޭނެ ވިސާއެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް