މާލޭން މީހަކު ގެއްލިގެން ހޯދަމުންދާކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ، މާލެ، ގ. ގާރނެޓް، ޙަސަން ޔާމީން (30 އަހަރު)، ޖުލައި 11 ވަނަ ދުވަހުގެ 21:25ހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން އާއިލާއަށް ޚަބަރެއްވެފައި ނުވާކަމަށް، ޖުލައި 14 ވަނަ ދުވަހުގެ 20:30ހާއިރު އެ އިދާރާއަށް ރިޕޯޓުކޮށްފައިވާކަމަށެވެ.
އަދި، އޭނާ ހޯދުމުގެ މަސައްކަތް އެ ޚިދުމަތުން މިހާރު ކުރަމުންދާކަމަށާއި، އޭނާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅައި ހިއްސާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދެއެވެ.