ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި މާލޭ ސަރަހައްދުގައި 1100 އެކްސިޑެންޓު

Loading

July 15, 2025
profile
Facebook
Twitter
WhatsApp

ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި މާލޭ ސަރަހައްދުން އެކަނިވެސް 1101 އެކްސިޑެންޓު ރިޕޯޓުކޮށްފައިވާކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓުތަކުގެ ތެރޭގައި އެންމެ ގިނައީ ސައިކަލާއި ކާރު ޖެހިގެން ހިނގާފައިވާ އެކްސިޑެންޓުތައް ކަމަށާއި، މި އެކްސިޑެންޓުތަކުގައި 61 މީހަކަށް ސީރިއަސް އަނިޔާތައް ލިބިފައިވާކަމަށެވެ.

މި އަހަރުގެ މިހާތަނަށް ބަލާއިރު، ފުލުހުންނަށް އެންމެ ގިނަ އެކްސިޑެންޓު ރިޕޯޓުކޮށްފައިވަނީ ފެބްރުއަރީ މަހުއެވެ. އެއީ 215 އެކްސިޑެންޓެވެ. ދެވަނައަށް އެންމެ ގިނަ އެކްސިޑެންޓު ރިޕޯޓުކޮށްފައިވާ މޭ މަހު ރިޕޯޓުކޮށްފައިވަނީ 207 އެކްސިޑެންޓެވެ. އެންމެ މަދުން އެކްސިޑެންޓު ރިޕޯޓުކޮށްފައިވާ ޖެނުއަރީ މަހުވެސް 151 އެކްސިޑެންޓު ވަނީ ރިޕޯޓުކޮށްފައެވެ.

ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި މާލޭގައި ހިނގާފައިވާ 911 އެކްސިޑެންޓާއި، ސިނަމާލެ ބްރިޖާއި ހައިވޭގައި ހިނގާފައިވާ 190 އެކްސިޑެންޓު ރިޕޯޓުކޮށްފައިވެއެވެ. މި އެކްސިޑެންޓުތަކުގައި 1107 އުޅަނދަކަށް ގެއްލުންވެފައިވެއެވެ.

މި މުއްދަތުގެ ތެރޭގައި ހިނގާފައިވާ އެކްސިޑެންޓްތަކަށް ބަލާއިރު:

  • ސައިކަލާއި ކާރު ޖެހިގެން 295 އެކްސިޑެންޓު
  • ސައިކަލާއި ސައިކަލު ޖެހިގެން 267 އެކްސިޑެންޓު
  • ކާރާއި ކާރު ޖެހިގެން 89 އެކްސިޑެންޓު ހިނގާފައިވެއެވެ.

މީގެ އިތުރުން، އެކްސިޑެންޓުވުމުން މަޑުނުކޮށް ދިއުމުގެ 91 މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް