ބުރާސްފަތި ދުވަހު ހެނދުނު ޑިންގީއެއްގައި ގދ. ގައްދުއާ އެ އަތޮޅު ގަމާ ދޭތެރޭ ދަތުރުކުރަނިކޮށް ގެއްލުނު ޒަކަރިއްޔާ މުޙައްމަދުގެ ހަށިގަނޑު ފެނިއްޖެއެވެ.
ގައްދޫ، ކޯޒީރައުންޑް، ޒަކަރިއްޔާ މުޙައްމަދުގެ ހަށިގަނޑު ފެނުނީ އެ އަތޮޅު ގަމުގެ ހޭޅިފަށުން ކަމަށް، ގައްދޫ ކައުންސިލުން މަޢުލޫމާތުދެއެވެ.
މިއަދުގެ 11.44ގައި އޭނާގެ ހަށިގަނޑު ފެނިފައިވަނީ، އޭނާ ހޯދުމުގެ މަސައްކަތަށް ފުރި ޒުވާނުންގެ ޓީމެއްގެ މީހަކަށް ކަމަށް އެ ރަށު ކައުންސިލުން ބުނެއެވެ.
ޒަކަރިއްޔާގެ ހަށިގަނޑު ގައްދުއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް، އެރަށު ކައުންސިލުން ދާދި ދެންމެއަކު ވަނީ ބުނެފައެވެ.